ބާސްކެޓް ކޯޗިންގެ މަތީ ފަހެއް އިލިޔާސްއަށް

ރާއްޖޭގެ ތަޖުރިބާކާރު ބާސްކެޓް ކޯޗު، އިލިޔާސް އިބްރާހިމް (އިއްލެ ކޯޗު) އިންޓަނޭޝަނަލް ކޯޗިން އެންރިޗްމެންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ) ފުރިހަމަކޮށްފިއެވެ.
ކޯޗު އިލިޔާސް މި ޕްރޮގްރާމް ފުރިހަމަކުރީ ޔޫއެސްއޯޕީސީން ހިންގާ ބާސްކެޓް ކޯޗިންގެ އެންމެ މަތީ ފާސްކަމަށް އައިސީއީސީޕީ ފުރިހަމަ ކުރީ ޔުނިވަސިޓީ އޮފް ޑެލަވެއާ އެންޑް އޮލިމްޕިކް ސޮލިޑާރިޓީންނެވެ.
ރާއްޖޭގައި މިވަގުތު މި ކޯސް ފުރިހަމަކޮށްފައިވާ ތިން ބާސްކެޓް ކޯޗުން އެބަތިއްބެވެ. ބާސްކެޓް އެސޯސިއޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު ނާހިދު، ކޯޗު ހަސަން މުހައްމަދު ވަނީ މީގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އަދި ބައެއް އެހެން ކުޅިވަރުތަކުގެ ކޯޗުންވެސް މީގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
ބާސްކެޓް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މިއީ ބައިނަލްއަގްވާމީ ފެންވަރު ރަނގަޅު ޕްރޮގްރާމެކެވެ. އެމްއޯސީ މެދުވެރިކޮށް ރާއްޖޭގެ އެސޯސިއޭޝަންތަކަށް ހޯދައިދޭ މި ފުރުސަތުގައި، ކޯހަށް އެޕްލައި ކުރާ ފަރާތްތަކުގެތެރެއިން މި ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭ ކޯޗުން ތައްޔާރުކުރާ ޕްރޮޖެކްޓްގެ އިތުރުން އަމަލީގޮތުން އެ ޕްރޮޖެކްޓް ތަންފީޒު ކުރަންވެސް ޖެހެއެވެ.
3 މަހެއްހާ ދުވަހު އެ ޕްރޮގްރާމް އަމަލީގޮތުން ހިންގައިގެން އެ ނިކުންނަ ނަތީޖާއަށް ބަލާ ޔުނިވަސިޓީން އެ ޕްރޮޖެކްޓް އެޕްރޫވްކުރުމުން، އެ ޕްރޮގްރާމާއި ގުޅޭ ތީސިސް ހުށަހަޅަން ޖެހެއެވެ.
އިލްޔާސް މި ކޯހުގައި ހުށަހަޅާފައިވާ ޕްރޮޖެކްޓަކީ “ޖޫނިއަ އެލީޓް އެތުލީޓު ޑިވެލޮޕްމެންޓް ޕްރޮގްރާމް ފޯ މޯލްޑިވްސް ބާސްކެޓް ބޯލް” މި ނަމުގައި ރާއްޖޭގެ ހަގު އެތުލީޓުން ެކުރިއަރުވާނެ ދެމެހެއްޓެނިވި މަގެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ޕްރޮޖެކްޓެކެވެ.
އިލިޔާސް ހޯދި މިކާމިޔާބީ ފާހަގަކޮށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
އިލިޔާސް ޥަނީ ރާއްޖޭގެ މަތީ ފަންތީގައި ގުނާލެވޭ ކުލަބު ޓީރެސް ފަދަ ކުލަބުތަކުގައިވެސް މަސައްކަތްކޮށްފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އިލްޔާސްގެ ކޯޗިން ކެރިއަރުގައި އޭނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުލަބު އަދި ބާސްކެޓް އެކަޑަމީ ޓައިޓެންސްއިންނެވެ.
އެ އެކަޑަމީގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އިލްޔާސް ވަނީ ސުކޫލުތަކާއި، އެކަޑަމީ ލެވެލްގެ ގުރޫސްރޫޓް ޕްރޮގްރާމުތަކުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ތަމްރީނުކޮށްފައެވެ.
އޭނާވަނީ ބާސްކެޓުގައި ހުނަރުވެރި މޮޅު ކުދިންތަކެއް އުފައްދައިދިނުމުގެ މުހިންމު ދައުރެއް އަދާކޮށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ޖޫނިއާ އުމުރު ފުރާތަކުގެ މަތީ ފަންތީގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނަށް ކޯޗުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ