މިއަހަރު ދިވެހިރާއްޖެއިން ހައްޖަށް ދާ މީހުންނަށް ބޭނުންވާ ފޮއްޓާއި ކިޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، މިފަހަރުގެ ހައްޖު ކިޓުގައި، ލަގެޖު ފޮށި، ހޭންޑް ލަގެޖު، ފައިވާންލާ ދަބަސް، އުނަގަނޑުގައި އަޅުވާ ދަބަސް، ރީތިވާ ސާމާނު އަޅާ ދަބަސް، ފިރިހެނުންނަށް އިޙްރާމު އަދި މި ކިޓުގައި ދުޢާ ކާޑާއި ޙައްޖާ ގުޅޭ މަޢުލޫމާތު ފޮތް ހިމެނެނޭކަމަށެވެ.
ކިޓުގައި ހިމެނޭ ހޭންޑް ލަގެޖު ނުވަތަ މެދު ސައިޒުގެ ދަބަހަކީ، ޙައްޖުގެ މަޝާއިރަށް ދަތުރު ކުރާ 5 ދުވަހަށް ތަކެތި އަޅައިގެން ގެންދިއުމަށް ޚާއްސަކޮށްފައިވާ ދަބަހެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތުގެ އިރުޝާދާއި މަޢުލޫމާތު ދިނުމަށް ދުޢާ ކާޑު ފޮތާއި، މަޢުލޫމާތު ފޮތް މި ކިޓުގައި ހިމެނެއެވެ. ދުއާ ކާޑަކީ، ސައިޒުން ކުޑަ، ނަމަވެސް ފަސޭހައިން ކިޔަން އިނގޭ ގޮތަށް ބޮޑު އަކުރުން އަކުރުތައް ލިޔެފައިވާ ފޮތެކެވެ. އަދި ފެން ޖެހުނު ނަމަވެސް ހަލާކު ނުވާގޮތަށް ރައްކާތެރިކޮށް ފަރުމާކޮށްފައިވާ ދުއާ ކާޑެކެވެ.
ހައްޖުވެރިންނަށް ކިޓް ހަވާލުކުރުން ކުރިއަށްދަނީ، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. ރާއްޖޭގެ ހައްޖުވެރިން ހައްޖަށް ދިއުމަށް ފުރަން ހަމަޖެހިފައިވަނީ، މެއި 15، 17، 18، އަދި 19 ވަނަދުވަހުއެވެ.
ޙައްޖުވެރިންނަށް ކިޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ