ފެސިލިޓީ ހެދުމަށްފަހު ބުޅާތައް މަގުމައްޗަށް މަރުވާން ދޫކޮށްލާތީ ހިތާމަކުރަން: އާޒިމް

މާލޭގައި އުޅޭ ބުޅާތައް ގެންދަން އޮޅު ހިޔާގެ ނަމުގައި ހުޅުމާލޭ ފަރުކޮޅުފުށީގައި ހުޅުވި ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް، މަގުމައްޗަށް މަރުވާން ދޫކޮށްލުމަކީ ހިތާމަކުރާ ކަމެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލްގެ ޚަރަދުގައި ގާއިމުކުރި އެ ފެސިލިޓީ ހުޅުވީ މިދިޔަ އަހަރުގެ ނޮވެންބަރު ދެވަނަ ދުވަހުއެވެ. ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށަން ތައްޔާރުވެފައި ވަނިކޮށް، އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެ ފެސިލީޓީ ސަރުކާރާ ހަވާލުކުރުމަށް އެދިފައެވެ. އެއީ އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ. ބުޅަލެއް: އާޒިމް ވަނީ މާލޭގައި އުޅޭ ބުޅާތައް ނުގެންދިޔުމަކީ މާލޭ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ މިނިސްޓްރީގެ އެ އެންގުމާއެކު ސިޓީ ކައުންސިލުން ނިންމީ، ފެސިލިޓީ އެޅުމަށް ކުރި ޚަރަދު ހޯދާގޮތަށް އެގްރިކަލްޗާ މިނިސްޓްރީއާ އެ ތަން ހަވާލުކުރާށެވެ. އޭގެ ދެމަސްފަހުން، މިދިޔަ މަހު 26ގައި މިނިސްޓްރީން ވަނީ އެތަނާ ހަވާލުވެ އެތަނަށް 15 ބުޅާ ގެންގޮސްފައެވެ. https://sun.mv/203153 ބުޅާ ފެސިލިޓީއާ ގުޅިގެން މިއަދު މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެކައުންސިލުން ބޮޑު ޚަރަދެއްކޮށްގެން ރައްޔިތުންނަށްޓަކައި ގާއިމުކުރި ފެސިލިޓީއަށް ބުޅާތައް ނުގެންގޮސް، މަގުތައް ނަޖިސް ކުރުމަށާއި މަރުވުމަށް ބައިތިއްބާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. މިއީ މާލެ ސިޓީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް. އަދި، ބުޅާތައް އެތައް ބަލިތަކެއް އެބަ ފަތުރާމާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބުޅާތައް އޮޅުހިޔާއަށް ނުގެންދިޔުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މޫދު ކައިރީ ކުޅޭ ކުދިންނާއި މޫދަށް އެރޭ އެކި އުމުރުގެ މީހުންނަށް ކޮންމެ ދުވަހު ބުޅަލުގެ ނަޖިހުގެ ތެރޭގައި އުޅެން ޖެހޭ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. https://x.com/adamazim/status/1900875911463116852 އެހެންވެ، އާޒިމް ގޮވާލެއްވީ، މަގުތަކުގައި ތިބި ބުޅާތައް ވީއެންމެ އަވަހަކަށް އޮޅު ހިޔާއަށް ގެންގޮސް ދެއްވުމަށެވެ. މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ