ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުކުރަން ދިން މުއްދަތު އިތުރުކޮށްފި ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުކުރަން ދިން މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ފިންގާޕްރިންޓް އަދި ފޮޓޯ (ބަޔޯމެޓްރިކްސް) އަޕްޑޭޓް ކުރުމަށް ދިން މުއްދަތު މި މަހުގެ ނިޔަލާ ހަމައަށް ދައްމާލައިފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބައެއް ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކޮށްފައި ނުވާތީ މި މަހުގެ 30، ގެ ކުރިން އެކަން ފުރިހަމަކޮށް ނިންމުމަށް އަންގާ ކަމަށެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
މީގެއިތުރުން ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީ މުފައްޒަފުން ޑީޕޯޓް ކުރަން ފަށާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓާ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގާފަ އެވެ.
އޮޕަރޭޝަން ކުރަނގިއާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 7690228 ނަންބަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހޯމްލޭންޑުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ