ބޮޑު މޮޅެއް ހޯދައި ނިއުކާސަލް ތިން ވަނަ އަށް ބޮޑު މޮޅެއް ހޯދައި ނިއުކާސަލް ތިން ވަނަ އަށް

ނިއުކާސަލް (އޭޕްރީލް 17) - ކްރިސްޓަލް ޕެލަސް އަތުން 5-0 އިން ބޮޑު މޮޅެއް ހޯދައި، ނިއުކާސަލް ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 32 މެޗުން 76 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 32 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލް ތިން ވަނަ އަށް ޖެހިލީ 32 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 32 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ.
މި ފަހަރުގެ ލީގު ކަޕް ޗެމްޕިއަންކަން ހޯދި ނިއުކާސަލް އިން ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބެންޗުގައި އެ ޓީމުގެ ކޯޗު އެޑީ ހޯވް ބެންޗުގައި ނެތެވެ. އޭނާ އަށް ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ހޯދި މޮޅެކޭ އެއްގޮތަށް ޕެލަސްއާ ދެކޮޅަށް ވެސް ނިއުކާސަލް އިން ވަނީ މޮޅަށް ކުޅެފަ އެވެ.
ނިއުކާސަލުން ލީޑުނެގީ، 14 ވަނަ މިނިޓްގައި ޖޭކަބް މާފީ ޖެހި ގޯލުންނެވެ. ޕެލަސް އަށް އެއްވަރުކޮށްދޭން އެބްރެޗީ އެޒޭ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މެޗުގައި ނިއުކާސަލުން ލީޑުފުޅާކުރީ 38 ވަނަ މިނިޓްގައި ޕެލަސްގެ މާކް ގޭހީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލުން އިތުރު ވަގުތުގެ ތެރޭގައި ދެ ގޯލު ޖެހި އެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި، ހާވީ ބާންސް، ނިއުކާސަލްގެ ތިން ވަނަ ގޯލު ޖެހިއިރު، އަށް ވަނަ މިނިޓްގައި، ފަބިއަން ޝެއާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި ނިއުކާސަލުން ޖެހި ހަމައެކަނި ގޯލު ޖޮއެލިންޓަން ދިން ބޯޅައަކުން ޖެހީ އަލެކްސަންޑަ އިސާކް އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ