ފްރެންޗް އޯޕަންގައި ނަޑާލްގެ އަގުވަޒަންކުރަނީ ފްރެންޗް އޯޕަންގައި ނަޑާލްގެ އަގުވަޒަންކުރަނީ

ޕެރިސް (އޭޕްރީލް 19) - މީގެ ފަސް މަސް ކުރިން ޓެނިސް ކެރިއަރު ނިންމާލި ސްޕެއިނުގެ ލެޖެންޑަރީ ތަރި، ރަފައެލް ނަޑާލްގެ ކެރިއަރުގައި ފްރެންޗް އޯޕަންގައި ހާސިލްކުރި ކާމިޔާބީތަކަށް ބަލައި، އޭނާގެ އަގުވަޒަންކުރަން ފްރެންޗް އޯޕަންގެ އޮގަނައިޒަރުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ޑޭވިސް ކަޕްގައި ކުޅުމަށް ފަހު، ޕްރޮފެޝަނަލް ޓެނިސް ހަޔާތް ނިންމާލި ނަޑާލް، 38، އޭނާގެ ކެރިއަރުގައި ހޯދި 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތެރެއިން، 14 ތަށްޓަކީ ފްރެންޗް އޯޕަން އެވެ. ނަޑާލް އަކީ ފްރެންޗް އޯޕަންގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. އޭނާ އެންމެ ފަހުން ފްރެންޗް އޯޕަން ކާމިޔާބުކުރީ 2022 ވަނަ އަހަރު އެވެ.
ފްރެންޗް އޯޕަންގެ ޑިރެކްޓަރު، އަމެލީ މައުރެސްމޯ ވިދާޅުވީ، ފްރެންޗް އޯޕަންގައި ނަޑާލް ހަދާފައިވާ ރެކޯޑާ އެހެން ކުޅުންތެރިއަކު ހަމަކުރުމަކީ މި ވަގުތަށް ބަލާއިރު އަވަހަކަށް ހަމަކުރެވޭނެ ރެކޯޑެއް ނޫން ކަމަށެވެ.
"ވިސްނުމަކީ މި މުބާރާތުގައި ތަފާތު ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިން ފާހަގަކުރުން. މިއީ، ނަޑާލް އަށް މި ފުރުސަތު ދޭންވީ ފަހަރު،" މައުރެސްމޯ ވިދާޅުވި އެވެ.
ނަޑާލްގެ އިތުރުން، ރިޗާޑް ގަސްކޭ އާއި މެރީ ޕިއާސްގެ އަގުވަޒަންކުރަން ފްރެންޗް އޯޕަން އިން ވަނީ ނިންމައިފަ އެވެ. ފްރެންޗް އޯޕަން ފަށަން ނިންމާފައިވަނީ އަންނަަ މަހުގެ 25 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ