ވަކި ބަޔަކަށް ފައިދާ ވާގޮތަށް ހުޅުދުއްފާރު ކައުންސިލަށް ލޯންޗެއް ހޯދަން އުޅުމުން އޭސީސީން ހުއްޓުވައިފި ވަކި ބަޔަކަށް ފައިދާ ވާގޮތަށް ހުޅުދުއްފާރު ކައުންސިލަށް ލޯންޗެއް ހޯދަން އުޅުމުން އޭސީސީން ހުއްޓުވައިފި

ވަކި ކުންފުންޏަކަށް ފައިދާ ވާގޮތަށް ރ. ހުޅުދުއްފާރު ކައުންސިލަށް ލޯންޗެއް ހޯދަން އުޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) އިން އެކަން ހުއްޓުވައިފި އެވެ.
ވަކި ކުންފުންޏަކުން ބަންނަ ލޯންޗެއްގެ ތަފުސީލުތައް ހަމަ އެގޮތަށް ހިމަނައިގެން ހުޅުދުއްފާރު ކައުންސިލަށް ލޯންޗެއް ހޯދަން އިއުލާނު ކުރީ މާޗު 16، ގަ އެވެ. ނަމަވެސް އެ އިއުލާނު ބާތިލު ކުރުމަށް އަންގައި އޭސީސީން ސިޓީއެއް ފޮނުވުމުން އެ ކައުންސިލުން މިހާރު ވަނީ ލޯންޗު ހޯދަން ކުރި އިއުލާނު ބާތިލުކޮށްފަ އެވެ.
އެ އިއުލާނުގައި ހޯދަން ބޭނުންވާ ކަމަށް ކައުންސިލުން ބުނެފައި ވަނީ 32 މީހުންގެ ޖާގައިގެ 39 ފޫޓުގެ ލޯންޗެކެވެ. އެ ލޯންޗުގައި ހުންނަން ޖެހޭނެ ކަމަށް އިއުލާނުގައި ބަޔާން ކޮށްފައި ވަނީ މެރިން މާސްޓާ ޕްރައިވެޓު ލިމިޓެޑުން ބަންނަ "މެރިން މާސްޓާ 39" ގެ ސިފަތަކެވެ.
އެގޮތުން ހުޅުދުއްފާރު ކައުންސިލަށް ހޯދަން އިއުލާނު ކޮށްފައިވާ ލޯންޗުގައި ހުންނަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ސިފަތަކުގެ ތެރެއިން ވޯޓާ ލެންތު ލައިން އާއި ޑްރާފްޓުގެ އިތުރުން އެޕްރޮކްސިމޭޓު ޑިސްޕްލޭސްމެންޓު އަދި ރިކޮމެންޑެޑް އިންޖީނު ވެސް މެރިން މާސްޓާ 39 އާ ބަރާބަރަށް ދިމާވެ އެވެ.
އޭގެއިތުރުން އެ ކައުންސިލުން ހޯދަން އިއުލާނު ކުރި ލޯންޗުގެ ޓޭންކު ކެޕޭސިޓީ އާއި ސްޓޭންޑާޑް ފީޗާސް އަދި ސޭފްޓީ އިކުއިޕްމެންޓުތައް ވެސް މެރިން މާސްޓާ 39 އާ ދިމާވެ އެވެ.
އެ ކައުންސިލުން ކަނޑައަޅާފައި އޮތީ އެންމެ ދަށް އަގެއް ހުށަހަޅާ ބަޔަކަށް 70 ޕޮއިންޓު ދޭން ނިންމާފައި އޮތްއިރު، އެންމެ ކުރު މުއްދަތެއް ހުށަހަޅާ ބަޔަކަށް 10 ޕޮއިންޓު، އެންމެ މަތީ ވެލިއު ހުށަހަޅާ ބަޔަކަށް 10 ޕޮއިންޓު އަދި ހުށަހަޅާ އަގުގެ 20 އިންސައްތަ ހަމަވާ ގުޅުންހުރި ކޮންމެ މަސައްކަތަކަށް ދެ ޕޮއިންޓު ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ