މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތާ ގުޅުވައިގެން އުރީދޫ އިން ކުރިއަށް ގެންދާ 'ރަނުގެ ފުރުސަތު' ޕްރޮމޯޝަނުގެ ފުރަތަމަ ދެ ނަސީބުވެރިން ހޮވައިފި އެވެ.
މި ޕްރޮމޯޝަނަކީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް
ލިބޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އުރީދޫން ބުނީ ޕްރޮމޯޝަނުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ވެސް ހާއްސަ އިނާމުތަކެއް ދޫކޮށްލާނެ ކަމަށެވެ.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ގޯލްޑަން ފުޓްސަލް މުބާރާތް ކުރިއަށްދާ ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުން
އެ ކުންފުނީގެ ހިދުމަތެއް އެކްޓިވޭޓް ކޮށްގެން
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ
ޕްރޮމޯޝަނުގައި ކޮންމެ
ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭއިރު، އޭގެ ތެރޭގައި:
ސްމާޓް ޓީވީއެއް
ރެފްރިޖަރޭޓަރެއް
ސޯފާ ސެޓެއް
މައިކްރޯވޭވް އަވަން
ލަންކާއަށް ދެ ރިޓާން ޓިކެޓް
މި މަހުގެ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އެ ކުންފުނީގެ ސްޓާފުން ހަރަކާތްތެރިވަމުންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ 'ރަނުގެ ފުރުސަތު'ގެ ފުރަތަމަ 2 ނަސީބުވެރިން ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ