މިއަހަރަކީ ކުދި ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އަހަރެއް: ސައީދު

މިއަހަރަކީ ކުދި ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އަހަރެއް ކަމުގައި އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާހުކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. މިނިސްޓަރު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ އަހަރަކަށް ކަމަށާއި އެގޮތުން އެ ފަރާތްތަކުގެ އުފެއްދުންތައް ގާނޫނުގެ ތެރެއިން ރައްކާތެރި ކުރެވޭނެގޮތްތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
މި މައުރަޒަކީ ދިވެހިންގެ ކުރިއެރުން ރަމްޒުކޮށްދޭ އެންމެ ބޮޑު ހަރަކާތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ޒަމާނީ ވަސީލަތްތަކާއި ބައިތައް ހިމެނޭހެން އެކްސްޕޯ އެއްގެ ސިފައިގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ މައުރަޒު ކަމަށާއި މި ދިވެހި އުފެއްދުންތެރިންނަށް އާ ބާޒާރުތަކަށް ފުރުސަތު ހޯދައިދީ، އާ ހިޔާލުތައް ތަރައްގީ ކުރުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން، މި މައުރަޒުގައި ބައިނަލްއަޤުވާމީ ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން ކުރި އަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދައްކާލެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މައުރަޒަކީ ރައީސްގެ އިސްނެންގެވުމާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ލަފައާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި މައުތަޒުގައި ޖުމްލަ 7 ދާއިރާއަކުން 15 ގިންތިއަކަށް ކުރިމަތި ލުމުގެ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި 15 ގިންތީގެ ތެރޭގައި ހިމެނޭހެން 81 ސަބް ގިންތިއަކަށްވެސް އުފެއްދުންތައް ހުށަހެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ