ހދ. ކުޅުދުއްފުށީގެ އަށް ގެއެއް ބަލައި ފާސްކޮށް ހޯދި ސިހުރު ހަދާ ސާމާނުގެ މައްސަލައާ ގުޅިގެން މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލު ކުރަމުންދާ ކަމަށެވެ.
"މީހަކު ހައްޔަރު ކޮށްފައި ނުވޭ، ނަމަވެސް މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
ސިހުރު ހަދާ ކަމުގެ ރިޕޯޓުތަކެއް ފުލުހުންނަށް ލިބިގެން ކުޅުދުއްފުށީގެ 10 ގެއެއް ކޯޓު އަމުރުގެ ދަށުން ފުލުހުން ބަލައި ފާސްކުރި އެވެ. އޭގެތެރެއިން އަށް ގެއިން ސިހުރު ހަދަން ބޭނުން ކުރާ ފޮތާއި ލިޔެކިޔުމާއި އާލާތްތައް ފުލުހުން ހޯދި އެވެ.
މިފަހުން ސިހުރުގެ ވަރަށް ގިނަ މައްސަލަތަކެއް ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ. ތ. ވިލުފުށީގައި ސިހުރި ހެދި ކަމަށް ބެލެވޭ މީހަކު މި މަހު ވެސް ހައްޔަރު ކުރި އެވެ.
ކުޅުދުއްފުށި ސިހުރު މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން ކުޅުދުއްފުށި ސިހުރު މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ