”އީޒެޕް“ މެދުވެރިކޮށް "ބޮލީވުޑް” އިން ކުރާ އޯޑަރުތަކަށް %15 ޑިސްކައުންޓެއް

ގިނަ އަދަދެއްގެ ޚިދުމަތްތަކެއް ހިމެނޭ ސުޕާ-އެޕްލިކޭޝަނެއް ކަމަށްވާ "އީޒެޕް" މެދުވެރިކޮށް "ބޮލީވުޑް” ރެސްޓޯރެންޓުން ކުރާ އޯޑަރުތަކަށް %15 ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ -/250 ރުފިޔާއަށްވުރެ މަތީން ކުރާ އޯޑަރ ތަކަށެވެ.
ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ސުޕަ އެޕް“ އީޒެޕް، ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ.
އެގޮތުން، މިހާރު އެ އެޕުން، މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓުތަކުގެ ޚިދުމަތް ލިބޭނެއެވެ. އެގޮތުން ސަބްމޯ، ބިގްމޭން، ޝަވަރުމާޝީ، ބޮލީވޫޑްގެ ޚާއްސަ މެނޫތަކުން ކާއެއްޗެހި އެ އެޕުން މިހާރު އޯޑަރުކޮށްލެވޭނެއެވެ. މީގެ އިތުރުން ވެސް މަގުބޫލު ގިނަ ރެސްޓޯރެންޓުތަކެއް ވަރަށް އަވަހަށް އެޕަށް އިތުރުވާނެ ކަމަށް އީޒެޕުން މައުލޫމާތު ދެއެވެ. 
އަދި،  ގްރޯސަރީ ޑެލިވަރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާ ރޯދަމަހަށް ޚާއްސަކޮށް އެފަދަ ވިޔަފާރިތަކުގެ ތެރެއިން އީޒެޕްއާއި ގުޅިގެން ވިޔަފާރި ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައުވާ ކަމަށް އީޒެޕުން ބުނެއެވެ.
މީގެ އިތުރުން، ޓެކްސީ އަދި ޕަބްލިކް ޑްރައިވަރުންގެ ގޮތުގައި ޕްލެޓްފޯމަށް ރެޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އީޒެޕުން ބުންޏެވެ.
އެޕް ޑައުންލޯޑުކުރުމަށް:
އެޕަލް އައިއޯއެސް
‏https://apps.apple.com/us/app/eeezap/id6738035354
އެންޑްރޮއިޑް
‏https://play.google.com/store/apps/details?id=com.eeezap.customer
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ