ލ. ގަމުގެ އިޚްތިޞާޞްގައި ބޮޑުފިނޮޅު ހިމެނުމަށް ނިންމައިފި ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް- ރައީސް މަސްތުވާތަކެއްޗާ ބަނގުރަލާއެކު 3 މީހަކު ހައްޔަރުކޮށްފި އުރީދޫގެ އާންމު ޖަލްސާ އަންނަމަހު 9 ގައި ބާއްވަނީ މަގުބޫލު ލިޔުންތައް ގއ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ދޫކުރާނީ ޓޯކަން އުސޫލުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކޮޅު ނުފެންނަ ވަރުގެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ސަރުކާރުން ވަނީ އިންތިޒާމުތައް ފަސޭހަ ކޮށްދޭނެ ކަމަށް ބުނެފައެވެ. އެގޮތުން ލޯކަލް ގަވަމެންޓް މިނިސްޓްރީން ރޭ ބުނެފައިވަނީ، އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.
” މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން މިދަނީ. އެގޮތުން މިއަދުން ފެށިގެން މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށް. ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުން. މީގެއިތުރުން ކިޔޫގައި ގިނަ ވަގުތު ހޭދަކުރަންނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން، ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ” އެ ވުޒާރާއިން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، ޓޯކަން ދޫކުރުމުގެ ނިޒާމުގެ ތަފުސީލް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު މިހާރު ނިންމާފައިވާ ގޮތުން އެކި މަރުކަޒުތަކުން ޓޯކަން ދޫކުރާނީ އެކި އަދަދުތަކަށެވެ.
* މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން * އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން * ހެންވޭރު ދަނޑު: 100 ޓޯކަން * ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން * ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން * ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން * ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން * ސޯޝަލް ސެންޓަރު : 100 ޓޯކަން * ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން * ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން * ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން * ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން * ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
ސަރުކާރުން ބުނިގޮތުގައި މަސްދަޅު ކޭސްތައް ބަލައި ދާއިރު އެއް މަހުގެ ކަރަންޓު ބިލާައި އައިޑީ ކާޑު ގެންދަން ޖެހޭނެކަމަށެވެ. އެކަކަށް ގިނަ ވެގެން ދޫކުރާނީ ތިން މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ފުރަތަމަ ދުވަހުވެސް މާލެ ސަރަހައްދުގެ 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ