މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި

ރޯދަ ހަދިޔާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތުންނަށް ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުން ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.މަސްދަޅު ކޭސް ދޫކުރަނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިޔުމުން ކަމަށްވާއިރު، އެންމެ މީހަކަށް ގިނަވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސް ދަޅު ކޭހެވެ.އޭގެއިތުރުން، ޖުމުލަ 13 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާއިރު، އެކި ތަންތަނުން ޓޯކަން ނަންބަރު ދޫކުރަނީ އެކި ވަރަށެވެ.މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ޖުމުލަ 13 ތަނަކުން މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ. މަސްދަޅުކޭސް ދޫކުރާނެ މަރުކަޒުތަކަކީ:މިފްކޯ ކޮމްޕްލެކްސް (މާފަންނު) : 200 ޓޯކަންއެމްޓީސީސީ ސޯމިލް : 200 ޓޯކަންހެންވޭރު ދަނޑު : 100 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 1 : 50 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 2 : 50 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 3 : 50 ޓޯކަންގަލޮޅު ދަނޑު ސެޓަޕް 4: 50 ޓޯކަންސޯޝަލް ސެންޓަރު : 100 ޓޯކަންވިލާމާލެ ވެމްކޯ ސައިޓް: 100 ޓޯކަންހުޅުމާލެ އުމަރު ޒާހިރު ބިލްޑިން: 100 ޓޯކަންހުޅުމާލެ ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަންހުޅުމާލެ ހިޔާ ޓަވަރު 10 :100 ޓޯކަންހުޅުމާލެ ކާމިލްދީދީ ޕްރީސްކޫލް: 100 ޓޯކަންއޮންލައިންކޮށް ނަންބަރު ނުނެގޭ ފަރާތްތަކުން މަސްދަޅު ދޫކުރާ މަރުކަޒަކަށް ދިޔުމުން، ނަންބަރު ނެގުމަށް އެހީތެރިވެދޭނެ އެވެ. އަދި ކޮންމެ ނަންބަރަކަށް ދޫކުރާނީ ގިނަވެގެން 3 ކޭސް މަހެވެ.މާލޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ލިބެންދެން މަސްދަޅު ބެހުން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ