ބަންދުކޮށްފައި ތިބި 17 ބިދޭސީން ކާނާ ވިހަވެގެން ފަރުވާ ދެނީ

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި 17 ބިދޭސީން، ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ. 
ވީ ކިހިނެއް؟- އިމިގްރޭޝަންސް ރޭ ބުނިގޮތުގައި އެ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އަދި މި ވަގުތު އެންމެ އިސްކަމެއް ދެނީ، ވީހާ ވެސް އަވަހަކަށް އެ މީހުންނަށް ފަރުވާ ދިނުމަށް ކަމަށް ބުންޏެވެ. 
ކާނާ ވިހަވީ ކޯއްޗެއް ކައިގެން ކަމެއް އަދި އެ މީހުންގެ ހާލެއް އިމިގްރޭޝަންސް އިން އަދި ސާފެއް ނުކޮށްދެ އެވެ. 
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު، ބިދޭސީން ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސްގަ އެވެ. ހޮސްޕިޓަލް ކުރިމަތި އޮތީ ފުލުހުން ކޯޑަން ދަމައި ބަންދުކޮށްފަ އެވެ.
އެނގުން މުހިއްމު- ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި އާއްމުކޮށް ބައިތިއްބަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭން ފޮނުވާލެވެންދެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ