އެއީ ސޯމާލިއާގެ ޒުވާނެކެވެ. އަހުރެން ހީކުރީ ޢޭނާއަކީ 26، 27 އަަހރުގެ ޒުވާނެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ އޭނާގެ ޢުމުރަކީ 52 އަހަރު ކަމަށެވެ. އެހެންވެ ވަރަށް ޙައިރާންވީމެވެ.
އޭނާއަކީ އަނބިމީހާ އާއި 3 ދަރިން ގޮވައިގެން އުޅޭ މީހެކެވެ. އޭނާ ބުނީ އޭނާއަށް ލިބޭ އާމްދަނީ ބަލަހައްޓަނީ އަނބިމީހާ ކަމަށެވެ. އޭނާގެ ކަމަކީ ހަމައެކަނި ފައިސާ ހޯދުން ކަމަށެވެ. އަނބިމީހާގެ ރަނގަޅުކަމަށް ތަޢްރީފްކުރަމުން ގޮސް ބުނީ އަނބިމީހާއަކީ އޭނާގެ ބޮޑުވަޒީރު ކަމަށެވެ.
އޭނާ ބުނި ގޮތުގައި އޭނާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރި މީހެކެވެ. ކޮންމެ ދުވަހަކު 3، 4 ޝިފްޓަށް މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ކޮންމެ ރެއަކު ރޭއަޅުކަން ކުރާކަމަށެވެ. ލިބޭ މިންވަރުން ޞަދަޤާތްކުރާ ކަމަށެވެ. ނިޢުމަތެއް ﷲ ތަޢާލާ ދެއްވަވައިފިނަމަ ޙްމަދުކުރާ ކަމަށެވެ. ގިނައިން ދެއްވަވައިފިނަމަ ޙަމްދުކުރުން އިތުރުކުރާ ކަމަށެވެ.
އޭނާ ފަދައިން ޢަމަލުކުރާ ކޮންމެ މީހަކަށް ޒުވާންކަން ލިބުން ލާޒިމެއް ނޫނެވެ. ނަމަވެސް އޭނާ އެކުރާ ގޮތަށް ކަންކަން ކުރާ މީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ. އަހުރެމެންނަށް މިވާ ގޮތަކީ ﷲ ތަޢާލާގެ ރަޙްމަތަށް އެދެވެއެވެ. ނަމަވެސް ރަޙަމަތް އިތުކުރައްވަވާނެ މަގުން ޢަމަލެއް ނުކުރެވެއެވެ. ނިކަން ޢަމަލުކޮށްބަލާށެވެ! ބޮޑުތަނުން ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން
ނިޢުމަތް އިތުރުވާން އެދޭ ކޮންމެ މީހަކަށް މުހިންމު ފިލާވަޅެއް!: ޢުމުރުގެ ދެބައިކުޅަ އެއްބައި ހަގުކޮށް ފެނުނު ޒުވާނާއަށް ޒުވާންކަން ލިބި ތަނަވަސްކަމުގަ ހުރެވޭ ސަބަބު އޭނާގެ ދުލުން-: ބިލާލް އައްސަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ