ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭތީ ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ރައްޔިތުން ވަދެ މުޒާހަރާކުރަނީ ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭތީ ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ރައްޔިތުން ވަދެ މުޒާހަރާކުރަނީ

ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ވަދެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ޕޮލިސް ސްޓޭޝަނަށް ވަދެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި ބުނަމުންދަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލެވެފައިވާ ކަމަށެވެ.
މިގޮތުން ފުލުހުންނަށް ދެން ދޭނެ އެއްބާރުލުމެއް ނޯންނާނެ ކަމަށާއި ބިރު ފަހަނައަޅާ ގޮސްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
ޕޮލިސް ސްޓޭޝަނަށް ވަދެގަތް ރައްޔިތުން ހުއްޓުވަން އެތަނުގެ ފުލުހުން ވަނީ ނުކުޅެދިފަ އެވެ. އަދި ރައްޔިތުން ވަނީ ފުލުހުންނަށް އެކި ޑިމާންޑުތައް ކޮށްފަ އެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މީގެ ކުރިން ވެސް ހަތަރު އިހުތިޖާޖެއް އެ ރަށުގެ ރައްޔިތުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.
ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި، އޭނާގެ ކަރުގައި ފުން ފަސް ޒަހަމެއް ހުރި ނަމަވެސް، އޭނާ މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ