ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި އެވެ.ދިއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގު އިބްރާޙިމެވެ.ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިހިދުމަތް ފޯރުކޮށް ދިނުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލު ންވެސް ވެމްކޯގެ ހިދުމަތަށް އެދިއްޖެ ނަމަ، އެ ޚިދުމަތް ފޯރުކޮށް ދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށް އޭނަ ވިދާޅުވި އެވެ."އަޅުގަނޑުމެން އެބަ އޮވޭ ރާއްޖޭގެ ހުރިހާ ރަށެއްގަ ކުނި މެނޭޖްކުރުމުގެ ވިސްނުން. ރަށެއްގެ ކައުންސިލަކުން ގޭގެއިން ކުނި ކަލެކްޝަންގެ ކަންތައް ކުރިއަށްގެންގޮސް ރަށުގެ ގޮނޑާހަމައަށްގެންގޮސް އެ ސަރަހައްދު ފުރުނީމަ ދެން ކުރެވޭނެ ކަމެއް ނޯވެ. އެރަށުން ބޭރުކުރެވޭނެ ގޮތެއް މި އޮންނަނީ ވެމްކޯއާއި ގުޅިގެން ވެމްކޯގެ ކޮންމެވެސް އެއް ސައިޓަކަށް ގެންދާގޮތަށް. ކޮންމެ ރަށެއްގެވެސް ކައުންސިލާ ގުޅިގެން ކައުންސިލުން އެދިއްޖެނަމަ އަޅުގަނޑުމެން އެ ޚިދުމަތް ފޯރުކޮށްދެން އެބަ" މުޖްތަބާ ޖަލީލް ވިދާޅުވިއެވެ.ވެމްކޯއިން ދެމުން އަންނަ ޚިދުމަތުގައި އެ ކުންފުންޏަށް އެއްބާރުލުން ދިނުމަށް ކައުންސިލާއި ރައްޔިތުންގެ ފަރާތުން ތިމާވެއްޓާބެހޭ ވަޒީރާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުވެސްވަނީ އެދިވަޑައިގެންފަ އެވެ.ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ