ހުޅުމާލެ ފޭސް ދޭއްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނެފައިވަނީ ބިދޭސީންތަކެއް ކާނާ ވިހަވެ ފަރުވާ ދޭން ފަށައިފައިވާ ކަމަށާއި މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަދި މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ މީޑިއާ އިން ވެސް ވަނީ، ހުޅުމާލޭ ފޭސް ދޭއްްގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަަމަށް ބުނެފައެވެ.
އަދި އެ ތަނުގައި ފުލުހުން ހަަރަކާތްތެރިވަމުންދާ ކަަމަށްވެސް ފުލުހުން ބުނެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް ލ. ގަމުގެ އިޚްތިޞާޞްގައި ބޮޑުފިނޮޅު ހިމެނުމަށް ނިންމައިފި ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް- ރައީސް މަސްތުވާތަކެއްޗާ ބަނގުރަލާއެކު 3 މީހަކު ހައްޔަރުކޮށްފި މަގުބޫލު ލިޔުންތައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ