ގިނަ ބަޔަކަށް މީރު މޭވާއެއް ކަމުގައިވާ އޮރެންޖްގެ ތޮށިގަނޑަކީ އޭގެ އެތެރޭގައި ފޮރުވިފައި އޮންނަ މޭވާ ޙިމާޔަތް ކުރުމަށް ލައްވަވާފައިވާ ހިތިރަހައެއް އޭގައި ދޭ އެއްޗެއް ނަމަވެސް އެއީ އަހަރެމެންގެ ހަށިގަނޑަށް ނުހަނު ގިނަގުނަ ފައިދާތަކެއް އެއިން ކުރުވާއެއްޗެއްގެ ގޮތުގައި ވަނީ ވެފައެވެ.
ޔުނިވާރސިޓީ އޮފް ފްލޮރިޑާ އާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރގެ ސައިންސްވެރިންތަކެއް ކުރި ދިރާސާއަކުން އެނގިގެން ދިޔައީ އޮރެންޖްގެ ތޮށިގަނޑުގައި ފެރުލޯއިލްޕުޓްރެސިން (އެފްޕީ) ކިޔާ މާއްދާއެއް ހިމެނޭ ކަމަށެވެ. މި މާއްދާއަކީ އެ ކެއުމުން އަހަރެމެންގެ ހިތުގެ ބަލިތައް ދުރުކޮށްދޭ އަދި ދުޅަހެޔޮ ހިތަކަށް މަގުފަހިކޮށްދޭ އެއްޗެއްކަމެވެ.
މި ތަހުލީލުތަކުގައި ރަނގަޅު، ތާޒާ އޮރެންޖުގެ ތޮށި، 6 ހަފްތާވަންދެން މީދާ ތަކަކަށް ކާންދީ ދިރާސާކޮށްފައިވެއެވެ. އަދި 6 ހަފްތާއަށް ފަހު ހޯދުނު ހޯދުންތަކުން އެނގިގެން ދިޔައީ އެ މީދާތަކުގެ ލޭގައި އިންފްލެމޭޝަން އާއި ހިތުގެ ބަލިތަކާ ގުޅުން ހުރި ނިޝާންތައް މަދުވެފައިވާ ކަމެވެ. އަދި އެ ދުވަސްވަރު މީދާތަކުގެ ކެއުމުގައި ތެޔޮ ގިނަ ކާނާ ބޭނުންކޮށް އެ ކާނާގެ ތެރެއަށް އެފްޕީގެ ޑޯޒެއް އަޅާފައިކާންދެވުނެވެ. އަދި 6 ހަފްތާ ފަހުން އެނގިގެން ދިޔައީ ކާއެއްޗެތީގެ ތެރެއަށް އެފްޕީގެ ޑޯޒެއް އަޅާފައި ކާން ދެވުނު މީދާތަކުގެ ހަށިގަނޑުގައި ސަރުބި ހިމެނުނު ވަރުވެސް މަދުކަމަށެވެ.
އެފްޕީ ،މި މާއްދާ އެންމެ ފުރަތަމަ ފެނިފައިވަނީ މޭބިސްކަދުރުގެ ފަތާއި ޖޫހުންނެވެ. އަދި ބައެއް ކަހަލަ އޮރެންޖާއި ލުނބޯ، އަދި މެންޑަރިންގައި ވެސް މި ބާވަތް ހުންނަ ކަމަކަށް ދިރާސާތަކުން ދައްކައެވެ.
މި ފަހަކަށް އައިސް “އެފްޕީ” މި މާއްދާއަކީ ސައިންސްވެރިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް ވަނީ ވެފައެވެ. ސަބަބަކީ މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް އަދި އިންފްލެމޭޝަން ދަށްކޮށްދޭ މާއްދާއަކަށް ވުމުންނެވެ.
ނަމަވެސް އެފްޕީއާއި ގުޅޭގޮތުން ތަޖުރިބާކާރުންނަށް ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ.
ޔުނިވާސިޓީ އޮފް ފްލޮރިޑާގެ ފުޑް ސައިންޓިސްޓެއް ކަމަށްވާ ޔޫ ވަންގް ވިދާޅުވި ގޮތުގައި މިއީ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމުގައި މުހިއްމު މާއްދާއެކެވެ.
އޮރެންޖަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް މޭވާ އެވެ. ގިނަމީހުން މިމޭވާގެ ބޭނުންކުރަނީ އޭގެ ބޭރުގައި ހުންނަ ހިތަރަހަ ދޭ ތޮށިގަނޑު އުކާލާފައި އޭގެ ތެރޭގައި ހުންނަ ހުތްފޮނި މޭވާގެ ބައެވެ. އެގޮތުން އަހަރެއްގެ މައްޗަށް 32 މިލިއަން ޓަނުގެ އޮރެންޖު ތޮށި، ކުނީގެ ގޮތުގައި އުކާލެވެއެވެ.
މިގޮތުން އުކާލެވޭ އޮރެންޖު ތޮށި އުކާލުމުގެ ބަދަލުގައި ހަށިގަނޑަށް އެއިން ލިބޭ ފައިދާ ހޯދުމަކީ މުހިއްމު ކަމެކެވެ.
ޣައްޒާގެ މައްސަލައިގައި އަރަބި ސަމިޓެއް ބާއްވައިފި ކެފޭތަކުން ކައިގެން ބިލް ނުދައްކާ މީހާ ދެވަނަ ފަހަރަށް ހައްޔަރުކޮށްފި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ދެނީ މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ