އެ މިނިސްޓްރީން ބުނީ ހޫނު ގަދަ ދުވަސްވަރެއްކަމުން، މިހާރު މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި ރޭގަނޑު ކަމަށެވެ. އެއީ 8:00 އިން މެންދަމު 12:00 އަށެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުންދާ މަސްދަޅު ކޭސް ހޯދުމަށް މާލެ ސަރަހައްދުގެ ރައްޔިތުން އެތައް އިރަކު ދިގު ކިޔޫގައި ތިބެން ޖެހޭތީ އޮންލައިން ޓޯކަންއެއް ނެގޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތަކުގައި ކޮޅު ނުފެންނަ ވަރަށް މީހުން ވަނީ ކިޔޫ ދަމާލާފަ އެވެ. އެހެންވެ، މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމްތައް ފަސޭހަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުންޏެވެ.އެ މިނިސްޓްރީން ބުނީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން، ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ އޮންލައިން ޓޯކަން ނެގޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއަކު އެމީހަކަށް މަސްދަޅު ކޭސް ދޫކުރާނެ އެވެ. އެ މިނިސްޓްރީން ބުނީ ހޫނު ގަދަ ދުވަސްވަރެއްކަމުން، މިހާރު މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި ރޭގަނޑު ކަމަށެވެ. އެއީ 8:00 އިން މެންދަމު 12:00 އަށެވެ.މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް؛
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ޓޯކަން ނެގުމާ ގުޅޭ ކަންކަން ފަހުން ހިއްސާ ކުރާނެ ކަމަށެވެ. ފޯނުފަދަ ތަކެތި ބޭނުން ކުރުމަށް ދަތިވާ ފަރާތްތަކަށް ވެސް އެއްވެސް ދައްޗެއް ނެތި ކުރިއަށް ގެންދާނެ އިންތިޒާމްތައް ވެސް ހަމަޖައްސާނެ ކަމަށެވެ. އެފަދަ އެއްވެސް ދަތިކަމެއް ހުރި ފަރާތެއްނަމަ، މަރުކަޒަށް އައުމުން، އެތަނުގައި ތިބޭ މުވައްޒަފުން އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މަސްދަޅު ކޭސް ދޫކުރާނީ ބަލާ އަންނަ ފަރާތެއްގެ އައިޑީ ކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެނައުމުންނެވެ. އެއް ފަރާތަކަށް ގިނަވަގެން ދޫކުރަނީ ތިން މީޓަރަށް، ތިން މަސްދަޅު ކޭހެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާލޭގައި މަސްދަޅު ކޭސް ދިނުމަށް ޓޯކެން ދޫކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ