ރީތިރަށް ރިސޯޓާ ދިމާ 5 މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ޔޮޓު އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާ 2025 ފެބްރުއަރީ 05 ވަނަ ދުވަހު ފަތިހު 03:43 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ޔޮޓުގައި އެވަގުތު 5 މީހަކު ތިބިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާ، އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ.
Advertisement
މި ހާދިސާގައި ޔޮޓު އަޑިއަށް ގޮސްފައިވާއިރު، ހާދިސާ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޔޯޓެއްގައި އަލިފާނުގެ ހާދިސާއެއް، އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ