ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލުން ގަވައިދާ ޚިލާފު އަށް ބިދޭސީއަކު ހޯދައިފި
މާލޭގެ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި އިއްޔެ މާލޭ ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށްފައި ވާކަމަށެވެ. އެ ތަންތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ވެސް އެ ޚިދުމަތުން ވަނީ ބުނެފައެވެ. މާލޭގެ ސޯޝަލް ސެންޓާ އަދި ވިލިމާލެ ފެރީ ޓަރމިނަލް ބަލައި، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 8 ބިދޭސީއަކު ހައްޔަރުކޮށްފި----ޕޮޓޯ/އިމިގްރޭޝަން މީގެ އިތުރުން ހޯމަ ދުވަހު ވަނީ ކާާބޯތަކެތި ތައްޔާރުކުރާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާނެތް ހަ މީހަކު އަތުލައިގެންފައެވެ. https://sun.mv/204486 ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ. ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ބުނެފައެވެ. މާލޭގެ ސޯޝަލް ސެންޓާ އަދި ވިލިމާލެ ފެރީ ޓަރމިނަލް ބަލައި، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 8 ބިދޭސީއަކު ހައްޔަރުކޮށްފި----ޕޮޓޯ/އިމިގްރޭޝަން މިހާތަނަށް 6،076އަށްވުރެ ގިނަ ބިދޭސީން މިހާރު އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ވެސް މިނިސްޓްރީން ހަރަކާތެއް ކުރިއަށްގެންދާއިރު އެ ހަރަކާތުގެ ތެރެއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ