މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޑެޓުން ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރަށް ވީނުވީއެއް ނޭންގުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ސަރުކާރުގެ ގޭސް ކުންފުނި -- މޯލްޑިވްސް އިން ގޭހުން ގޭސް ގަންނަން 240،00 ޑޮލަރު -- 3.7 މިލިއަން ރުފިޔާ ގެއްލިފައިވާ މައްސަލައެއް ފެންމަތި ކުރީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބަލަން ޖެހޭ ކަންކަން ނުބަލާ އެޑްވާންސްއަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ދީފައިވާތީ އެ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.
Advertisement
މޯލްޑިވްސް ގޭސް ކުންފުނީގެ އެމްޑީ
އަދި ގޭސް ގަންނަ ކުންފުނި ކުއްލި ގޮތަކަށް ބަދަލުކޮށްފައިވާއިރު އެ ފައިސާ އެ ކުންފުނިން ހޯދޭނެ ގޮތެއް ވެސް ކުންފުނީގެ ވެރީންނަށް ބުނެދެވިފައިނުވާ ކަމަށެވެ.
އެ މައްސަލަ މަޖިލީހުން ބަލާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގު ފަށާފައިވާކަން އޭސީސީން ވެސް ވަނީ މިރޭ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
މައްސަލަ ފެންމަތިވީއިރު ގޭހުގެ އެމްޑީ ހުންނެވީ ދުބާއީ ކަމަށާ މާދަމާ ހެނދުނު މާލެ އަންނަ ކަމަށް ބުނެ ވާހަކަ ދަނީ ފެތުރެމުންނެވެ.
ގޭސް ގަންނަން ދެއްކި 240،000 ޑޮލަރު ގެއްލުން، މަޖިލީހާއި އޭސީސީން މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ