ހެޔޮލަފާ މީހުންނާއި ކައިވެނިކުރަން ފުރުޞަތު ލިބެނީ މަދު މީހަކަށެވެ. އެއީ ހެޔޮލަފާ މީހުންކަމަށް ބުނެވޭވަރުގެ މީހުން މަދުކަމުންނެވެ. އެހެންކަމާއިއެކުވެސް ލިބޭ ހެޔޮލަފާ މީހާ އާއި ކައިވެނި ނުކުރެވުމަކީވެސް މިހާރު ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ.
މިކަމުގެ ވާހަކަތަކަކީ އެންމެ ގިނައިން ދެކެވޭ ވާހަކަތަކެވެ. އަދި މިއީ ގިނަ ބައަކަށް އެންމެ ބޮޑަށް ހިތާމަކުރަންޖެހޭ ކަންތަކެވެ. ގިނަ ބައަކު ކަންބޮޑުވެގެން އަހުރެންގެ ގާތަށް އަންނަ އެއް ކަމަކީވެސް ހަމައެއީއެވެ.
މިފަދަ މައްސަލަތައް ހިފައިގެން އަންނަ މީހުން ގިނަކަމުން އަހުރެން އެކަން ވަރަށް ބޮޑަށް ދިރާސާކޮށްފީމެވެ. ހެޔޮލަފާ، ރަނގަޅު މީހުން ލިބި ކައިވެނި ނުކުރެވުނު ގިނަ ބައެއްގެ ކަންކަން ބެލުމުން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަންތައް ބުނެލާނަމެވެ.
އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުކަމުގައި ފާހަގަކުރެވުނީ ޙަސަދައާއި އެސްފީނާއެވެ. ދެން މިބުނަނީ ހަސަދަ އާއި އެސްފީނާ ޖެހެން މެދުވެރިވާ ސަބަބެވެ. އެސަބަބު ކަމަށް އަހުރެންނަށް ފާހަގަކުރެވުނީ ކައިވެނީގެ ކަންކަން ރަނގަޅަށް ހަމަނުޖެހެނީސް އެކަން އިޢުލާނުކުރެވޭ ކަމެވެ.
އަހުރެން ބުނާނީ ރަނގަޅު ބައިވެރިއަކާއި ކައިވެނިކުރަން ފުރުޞަތުލިބިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ކައިވެނިކުރުމުގެ ކަންކަން އަވަހަށް ހަމަޖައްސާށެވެ. ހުރިހާ ކަމެއް ހަމަޖެހުމުން ނޫނީ އެކަން ޢާންމުނުކުރާށެވެ. ކިތަންމެ ގާތް އެކުވެރިންނަށް ނަމަވެސްމެއެވެ. އަދި ޢާއިލާއިން ކޮންމެހެން އަންގަން ޖެހޭ މީހުންނަށް ނޫން މީހަކަށް ނުއަންގާށެވެ!
ކައިވެނީގައި އޮތީ ކައިވެނިކުރެވުމުން އެކަން އެކަން އިޢުލާނުކުރުމެވެ. ކައިވެންޏަށްފަހު ވަލީމާދޭން އޮންނަނީ އެހެންވެގެންނެވެ. ނަމަވެސް މިހާރު މިވާގޮތަކީ މާކުރިން ޢާންމުކޮށް އިޢުލާނުކުރެވެނީއެވެ. މިއީ އަހުރެންގެ މަސައްކަތުން އަހުރެންނަށް މިކަން ދެނެގަނެވުނު ގޮތެވެ. އެހެން މީހެއްގެ ވިސްނުން ތަފާތުވެސް ވެދާނެއެވެ. އެކަމަކަށް އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކައިވެނިކުރަން ލިބޭ ބަރާބަރު މީހާއާ ކައިވެނި ނުކުރެވި ގިނަ މީހުންނަށް އޭނާ ގެއްލެނީ ކީއްވެގެންކަން އެނގޭތަ؟ ސަމާލުނުވެ ޙައްލެއް ނުކުރެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ