ޖޭއެސްސީގެ މެންބަރު ކަމުން ސަމީރު ވަކިކޮށް، ޔަޒްމީދު އައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ޔަޒްމީދު މުޙައްމަދު، މިއަދު އައްޔަން ކުރައްވައިފިއެވެ. ޔަޒްމީދު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވީ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގެ ކުރިން ރައީސް ވަނީ ޖޭއެސްސީގެ މެންބަރުކަމުން މުޙައްމަދު ސަމީރު ވަކިކުރައްވައިފައެވެ. ސަމީރު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 23، 2023ގައެވެ. އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއްނުކުރެއެވެ. ޖޭއެސްސީގެ މެންބަރު ކަމަށް ސަމީރު އައްޔަން ކުރެއްވުން: މިއަދު އޭނާ ވަނީ މަގާމުން ވަކިކޮށްފަައި -- ފޮޓޯ/ ރައީސް އޮފީސް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔަޒްމީދަށް ޖޭއެސްސީގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ޔަޒްމީދުވަނީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވިލިނގިލީ ދާއިރާއަށް ވާދަކުރައްވައިފައެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އާޒިމް އަބްދުލްއަޒީޒެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ޖޭއެސްސީގައި ހިމެނެނީ 10 މެންބަރުންނެވެ. އެއީ: ރައްޔިތުންގެ މަޖިލީހުގެ ރައީސް ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރެއް ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރެއް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރެއް އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅެއް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ރައީސް އައްޔަން ކުރައްވާ ބޭފުޅެއް ބަންޑާރަނައިބު ގާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ