ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއ ެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި މިއީ "ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތް ކުރެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރު"ގެ ތެރެއިން ބައެކެވެ.
މި ދަތުރުގައި އެ އަތޮޅުގެ ހުރިހާ ކައުންސިލަކާއި، ޑަބްލިއުޑީސީތަކާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. ބައެއް މަޝްރޫއުތައް ފަށްޓައި އަދި ބައެއް މަޝްރޫއުތައް ރައީސް އިފްތިތާހު ވެސް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ތިން ދުވަހުގެ މި ދަތުރު ނިންމަވާލެއްވުމަށް ފަހު، ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ.
ރައީސް މުއިއްޒު ދ. އަތޮޅަށް ފުރާވަޑައިގެންފި ރައީސް މުއިއްޒު ދ. އަތޮޅަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ