ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން( ޖޭއެސްސީ) އިން ދިން މުއްދަތު އިތުރުކޮށްފިއެވެ.
އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީން އިއްޔެ އަލުން ކުރި އިއުލާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ނަމަވެސް ހޯމަ ދުވަހު ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހެޅި މީހުން، އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް ވަނީ ބުނެފައެވެ.
އަލުން އިއުލާނުކޮށްފައިވާއިރު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ