ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގެ މެމްބަރުންނަށް ހާއްސަ އެލަވަންސެއް

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ބޭފުޅުންގެ ތެރެއިން ވަޒީފާ އަދާކުރައްވަމުން ކޮމިޝަންގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކޮންމެ މަހަކު ދެއްވާނީ މުސާރައިގެ އިތުރުން 5000 ރުފިޔާގެ އެލަވަންސެއް ކަމަށެވެ.
މާލޭގެ އިމާރާތަކުން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މެންބަރުންނަށް ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަންގައި އިސްކޮށް އައްޔަނުކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ. ދެން އެ ކޮމިޝަނަށް އައްޔަނު ކުރައްވާފައި ވަނީ، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި، ޑރ. މޫސާ މުރާދު އާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ.މީގެ ތެރެއިން އީނާސްއަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސެވެ. ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ބޭފުޅުންގެ ތެރެއިން ވަޒީފާ އަދާކުރައްވަމުން ކޮމިޝަންގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކޮންމެ މަހަކު ދެއްވާނީ މުސާރައިގެ އިތުރުން 5000 ރުފިޔާގެ އެލަވަންސެއް ކަމަށެވެ.ކޮމިޝަންގައި ތިއްބެވި ޑރ. މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދާއި އީނާސް މިވަގުތު ވަޒީފާއެއް އަދާނުކުރައްވާތީ އެ ބޭފުޅުންނަށް ދޭން ނިންމާފައި ވަނީ މަހަކު 15000 ރުފިޔާގެ އެލަވަންސެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ ކޮމިޝަންގެ މަސައްކަތަށް ބޭނުންވާ ބަޖެޓެއް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. ބޭރުގެ އެހީ ބޭނުންވާނަމަ އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި މަސައްކަތް ނިމުމުން، ގައުމީ ސަލާމަތަށް ނުރައްކާވާނެފަދަ ވާހަކައެއް ނެތްނަމަ ރިޕޯޓް އެއްކޮށް އާންމު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.މި ކޮމިޝަން އުފައްދާފައި ވަނީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ. ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން މިނިވަން ކޮމިޝަނެއް ރައީސް އުފައްދަވާފައިމިވަނީ، އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ މިނިވަންކަމާއި ނަޒާހާތްތެރިކަމާމެދު ސުވާލު އުފައްދައި، މާލޭގައި ޒުވާނުން އިސްވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ