ރޯދައަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި އަދަދަށް ކަދުރު ބަހާ ހުސްވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަށް ސައުދީއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން މިއަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދިނީ 50 ޓަނުގެ ކަދުރެވެ.
ބުނީ ކީކޭ؟ - އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ފެށީ 20 ޖެނުއަރީގަ އެވެ. އެ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދިޔައިރު، މިިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ މީހުން ކަދުރު ބަލާ ދިޔަ ކަމަށެވެ.
އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާއިރު، އެ މަސައްކަތް އަދިވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ތަފްސީލު - އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި:
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 6ގެ ނިޔަލަށް
ކަދުރު ލިބިފައިވާ ނިސްބަތުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް
އެހެންވެ ކަދުރު ބަހާފައިވަނީ މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން، ކޮންމެ ގެއަކަށް ވެސް ޕެކެޓެއް
ގެތަކަށް ކަދުރު ބެހީ، އެ ގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރާއި ކަދުރާ ހަވާލުވާ މީހެއްގެ އައިޑީ ކާޑަށް ބެލުމަށް ފަހުގައި
ފާހަގަކޮށްލެވޭ ކަމެއް - އެހެން އަހަރުތަކާ ހިލާފަށް، މިއަހަރު ޖަމިއްޔާ އަދި ޖަމާއަތްތަކުގެ ތެރެއިން ހިންގާ ރޯދަ ވީއްލުމުގެ ޕްރޮގްރާމްތަކަށް ވެސް ކަދުރު ދޫކުރެ އެވެ. އެހެެންވެ އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ވެސް ފުރުސަތު ހުޅުވާލި އެވެ.
މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި ސައުދީ ކަދުރު ބަހާ ހުސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ