މާލެ ސަރަހައްދާއި ރަށްރަށުގައި މިދިޔަ ސަރުކާރުން ފެށުމަށް ފަހު ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އަސާސީ މަޝްރޫއުތައް މި މަހާއި ކުރިއަށް އޮތް މާޗު މަހު ފެށޭނެ ކަމުގެ ޔަގީންކަން، ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މި ގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވަމުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފެށި ނަމަވެސް އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރު ވެސް ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެއީ އެއްވެސް ރޭވުންތެރިކަމަކާއި ޕްލޭނެއް ނެތި ފެށި މަޝްރޫއުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ވެރިކަމާ ހަވާލުވި އިރު ހުއްޓިފައިވާ މަޝްރޫއުތަކެއް ހުރި. އަދި އިންތިހާބާ ދިމާކޮށް އެއްވެސް ބަޖެޓެއް، ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށް ވެސް މަސައްކަތް ނުފެށި ހުރި މަޝްރޫއުތަކެއް ވެސް ހުރި،" ރައީސް ވިދާޅުވި އެވެ.
ތަފްސީލް - އޭގެ ތެރެއިން އެންމެ އަސާސީ މަޝްރޫއުތައް މި މަހާއި މާޗު މަހު ފެށޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެ ގޮތުން ފަށާ މަޝްރޫއުތަކަކީ:
ފެނާއި ނަރުދަމާގެ މަޝްރޫއުތައް
ސްކޫލް އިންފްރާސްޓްރަކްޗާ
ހެލްތު ސެކްޓާގެ މަޝްރޫއުތައް
ކުޅިވަރު ކުޅޭ ތަންތަން
ދެން ހުރި މަޝްރޫއުތައް ވެސް މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ފަށާ މަޝްރޫއުތައް ވެސް ހިމެނޭހެން މި އަހަރު ޖުމްލަ 1،045 މަޝްރޫއު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫއުތަކާ އެކު ޖުމްލަ 1043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ކުރިއަށް ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ 2026 ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް އެ ހިދުމަތް ފޯރުކޮށްދޭން ފެށުމެވެ. އެ ގޮތުން މިހާރު ފެނުގެ ހިދުމަތް ނުލިބި އޮތީ 56 ރަށެއްގައި ކަމާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތީ 45 ރަށެއްގައި ކަން ފާހަގަކުރެއްވި އެވެ.
ހުއްޓިފައިވާ ގިނަ މަޝްރޫއުތަކެއް ކުރިއަށް އޮތް 2 މަސް ތެރޭގައި ފެށޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ