ދައުލަތުގެ އާމްދަނީއަށް 841 މިލިއަން ރުފިޔާ އިތުރުވެ ބަޖެޓް ސާޕްލަސް، ނުވަތަ އާމްދަނީއަށް ވުރެ ހަރަދުތައް އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މާލީ ވުޒާރާއިން މިއަދު އާންމު ކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި:
މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަަލަށް އާމްދަނީއަކީ 8.8 ބިލިއަން ރުފިޔާ
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 7.9 ބިލިއަން ރުފިޔާ
އެހެން ކަމުން މިއަހަރު ލިބިފައިވާ އަދަދަކީ 841 މިލިއަން އިތުރު، %10.5 އިތުރު އަދަދެއް
ތަފްސީލް - ހިސާބުތަކުން ދައްކާ ގޮތުގައި މާޗް 20ގެ ނިޔަލަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1 ބިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ. އެގޮތުން:
ހަރަދަށް ހިނގީ 7.1 ބިލިއަން ރުފިޔާ؛ ކުރީ އަހަރުގެ އެ މުއްދަތުގައި 9 ބިލިއަން ރުފިޔާ ހަރަދުވި
ހަރަދުތައް ކުޑަވެފައި ވަނީ ކެޕިޓަލް ހަރަދުތައް ކުޑަކޮށްފައިވުމުން؛ އެގޮތުން ކެޕިޓަލް ހަރަދުތައް 2.2 ބިލިއަން ރުފިޔާއިން 554 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައި
ނަމަވެސް ރިކަރަންޓް ހަރަދުތައް ވަނީ 6.7 ބިލިއަން ރުފިޔާއިން 7.1 ބިލިއަން ރުފިޔާއަށް މަތިވެފައި
ފާހަގަކޮށްލެވޭ - މީގެ އިތުރަށް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ސަރުކާރަށް ލިބުނު އާމްދަނީއަކުން މިއަހަރުގެ ހަރަދުތައް އަދި ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ހަރަދުތައް ކުރުމަށް ފަހު 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ނުވަތަ ބާކީ އަދަދެއް އަދި އެބަ އޮތެވެ.
އެހެން ނަމަވެސް މިދިޔަ އަހަރު މާޗް މަހާ ހަމައަށް އައިއިރު ވަޖެޓް ވަނީ 9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.
މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އާމްދަނީއަށް 841 މިލިއަން ރުފިޔާ އިތުރު؛ ހަރަދުކޮށްފައި ބިލިއަނެއްހާ ރުފިޔާ ބާކީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ