މިނިސްޓްރީ އިން ބުނީ ޓިކްޓޮކް މެދުވެރިކޮށް މޮނެޓައިޒް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އެފަރާތްތަކާ މިނިސްޓްރީން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ވެސް ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދާނެ ގޮތްތަކާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މަޝްވަރާ ކޮށްފި އެވެ.
ޓިކްޓޮކްގެ އިސް ވަފުދެއް މިވަގުތު ރާއްޖޭގައި އެބަ ތިއްބެވެ. އެ ފަރާތްތަކާ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ބައްދަލުކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ވަނީ އެކްސްގައި ހާމަކޮށްފަ އެވެ.މިނިސްޓްރީ އިން ބުނީ ޓިކްޓޮކް މެދުވެރިކޮށް މޮނެޓައިޒް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އެފަރާތްތަކާ މިނިސްޓްރީން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.އުފެއްދުންތެރި އިގްތިސޯދެއް ބިނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުފުޅެއްކަން ވެސް އެ ޕޯސްޓުގައި މިނިސްޓްރީ އިން ވަނީ ފާހަގަކުރައްވާފަ އެވެ.
ޓިކްޓޮކް މެދުވެރިކޮށް ފައިސާ ލިބެނީ އެމީހަކަށް ފޮލޯ ކުރާ ނިސްބަތަށް ބަލައި، ކުރާ ކޮންމެ ޕޯސްޓަކަށެވެ. އަދި ލައިވްތަކަށް އަރައިގެން ވެސް އާމްދަނީ ހޯދެ އެވެ. ރާއްޖޭގައި ވެސް ލައިވްތަކަށް އަރާ ބައެއް ފަރާތްތަކުން އެގޮތަށް އާމްދަނީ ހޯދަ އެވެ.ސީދާ ޓިކްޓޮކް ޕޯސްޓް މެދުވެރިކޮށް އާމްދަނީ ހޯދޭނީ މަދުވެގެން 10،000 ފޮލޮވާސް ލިބިފައިވާ މީހުންނަށެވެ. އެ އަދަދަށް ފޮލޮވާސް ހުރިނަމަ މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނެ އެވެ. އޭރުން ވެސް ފައިސާ ލިބޭނީ ފާއިތުވި 30 ދުވަހުގެ ތެރޭގައި އެމީހެއްގެ ވީޑިއޯއަކަށް ލައްކައަކަށްވުރެ ގިނަ ވިއުސް ލިބިފައިވާނަ އެވެ.ދުނިޔޭގެ އެހެން ގައުމުތަކުގައި ޓިކްޓޮކުގައި މަޝްހޫރު މީހުންނަށް ވަރަށް ބޮޑު އާމްދަނީއެއް ޓިކްޓޮކުން ލިބެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ލިބޭނެ ގޮތަކާމެދު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ