ސަމާލު ކަމަށް | މާދަމާ ދެވަނަ ފިޔަވަހީގައި ކަރަންޓުގެ ބޮޑު މަސައްކަތެއް

ވަގުތީ ގޮތުން ކަރަންޓް ކަނޑާނީ އެމްއޭސީއެލް އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ސަރަހައްދުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަރަންޓުގެ ބޮޑު މަސައްކަތެއް ކުރަން މާދަމާ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި މާދަމާ ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ކުންފުނިން ބުނީ މި ގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ހިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ."މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،: ސްޓެލްކޯއިން ބުނެފި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ