ޗައިނާގެ ސްޓާ އެލަވޭޓަރު ގްރޫޕާއި ބިލްޑްޓެކުން ސޮއިކޮށްފި

ޗައިނާގެ ސްޓާ އެލަވޭޓާ ގްރޫޕާއަކީ ޗައިނާގައި ލިފްޓް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެވެ. މި ކުންފުންޏަކީ ލިފްޓް ޑިޒައިން ކުރުމާއި އެ އުފެއްދުމަށް ސާވިސް ދިނުމުގައި މަޝްހޫރު ކުންފުންޏެކެވެ.
ރާއްޖޭގެ ބިލްޑްޓެކް ކުންފުނިން ޗައިނާގެ ސްޓާ އެލަވޭޓާ ގްރޫޕާއެކު ސޮއިކޮށް ރާއްޖޭގައި ލިފްޓް ފޯރުކޮށްދޭން ތައްޔާރު ވެއްޖެ އެވެ.
ބިލްޑްޓެކް ކުންފުނިންޏާއި ޗައިނާގެ ސްޓާ އެލަވޭޓާ ގްރޫޕާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިއަދު ޗައިނާގެ ޝަންހާއީގެ ޒުހޮއު ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި ބިލްޑްޓެކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ނަސްރުﷲ އަބްދުލް ވާހިދު އެވެ. 
މި އެއްބަސްވާއެކު ސްޓާ އެލެވޭޓަރު ރާއްޖޭގެ ބާޒާރަށް ފޯރުކޮށް ދިނުމަށް ސޯލްޑް ޑިސްރިބިއުޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ބިލްޑްޓެކް ކުންފުންޏެވެ. 
ޗައިނާގެ ސްޓާ އެލަވޭޓާ ގްރޫޕާއަކީ ޗައިނާގައި ލިފްޓް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެވެ. މި ކުންފުންޏަކީ ލިފްޓް ޑިޒައިން ކުރުމާއި އެ އުފެއްދުމަށް ސާވިސް ދިނުމުގައި މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނިން އެކި ދާއިރާތަކަށް ހާއްސަ ލިފްޓް އުފައްދަ އެވެ. މިގޮތުން މި ބްރޭންޑުގެ ވޫޖީ ސްޓާއަކީ ކޮލިޓީ ރަނގަޅު އެލެވޭޓާ ސޮލިއުޝަންދޭ ކުންފުންޏެކެވެ. މީގެ އިތުރުން ޕެސެޖަރު އެލެވޭޓަރާއި ބޮޑެތި ކޮންޑެމީނިއަމްފަދަ މީހުން ގިނަ ތަންތަނުގައި ބަހައްޓާ ރެސިޑެންޝަލް އެލެވޭޓަރުވެސް ހުރެ އެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކަށް ހާއްސަ އެލެވޭޓަރުވެސް އުފައްދަ އެވެ. 
ފޫޖީ ބްރޭންޑުގެ އެލެވޭޓަރަކީ ދެ ބުރިން ފެށިގެން 50 ބުރީގެ އުސް އިމާރާތްތަކުގައި ހަރުކުރަން ވެސް ބޭނުން ކުރެވޭނެ އުފެއްދުމެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ