އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ބާއްވާ "އަހާ ފޯރަމް" ގައި މިރޭ މިނިސްޓަރު އިހުސާން ބައިވެރިވާނެ އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ބާއްވާ "އަހާ ފޯރަމް" ގައި މިރޭ މިނިސްޓަރު އިހުސާން ބައިވެރިވާނެ

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލަ ހޫނުވެފައި އޮއްވައި މިރޭ "އަހާ ފޯރަމް" އެއް ބާއްވަން ނިންމައިފި އެވެ.
އަހާ ފޯރަމް ފެށިފަހުން ބާއްވާ ފަސްވަނަ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ޖަހާއިރު ޕީއެސްއެމްގެ އިމާރާތުގަ އެވެ. އެއީ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ލިބޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ފޯރަމެކެވެ.
އަހާ ފޯރަމް މިދިޔަ ބުރާސްފަތި ދުވަހު އަދި ހުކުރު ދުވަހު ވެސް ބޭއްވުމަށް ތާވަލު ކުރި އެވެ. ނަމަވެސް ތާރީހު ބަދަލު ކުރީ އެވެ.
އަހާ ފޯރަމަށް ގޮސް މިނިސްޓަރުންނާ ސުވާލު ކުރުމަށް ފުރުސަތު ލިބޭއިރު، ފޯނުން ގުޅައިގެން، އެސްއެމްއެސް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ވެސް މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ކޮންމެ ދެ މަހަކުން ބާއްވަން ނިންމައި ޖެނުއަރީ 25، 2024، އިން ފެށިގެން ބާއްވަން ފެށި "އަހާ ފޯރަމް" ގަވާއިދުން ބާއްވާފައެއް ނުވެ އެވެ.
މީގެ އިތުރުން، ކޮންމެ ތިން މަހަކުން ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރައްޔިތުންނާ ބައްދަލު ކުރައްވާނެކަން ސަރުކާރުން ކުރިން އިއުލާން ކުރި ނަމަވެސް އެކަން ވެސް ގަވާއިދުން ކުރަމުން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ