ޔުމްނުގެ ފަރުވާއަށް އެންސްޕާއިން ހަތަރު ލައްކައެއްހައި ރުފިޔާ ހަމަޖައްސައިދީފި
މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ފަރުވާއަށް ބޭނުންވާ ފައިސާގެ ތެރެއިން، 25,000 ޑޮލަރު އެންސްޕާ ފަންޑު މެދުވެރިކޮށް ހަމަޖައްސައިދީފައި ވާކަމަށް ސަރުކާރުން ބުނެފިއެވެ. އެއީ، 385,500 ރުފިޔާއެވެ. ޔުމްނުގެ ބޭސްފަރުވާއާ ގުޅިގެން ސަރުކާރުން ހިއްސާކުރި މެސެޖެއްގައި ވަނީ، އެންސްޕާއިން ފޯރުކޮށްދީފައި ވަނީ 12 މީހުންގެ ޓިކެޓާއި އިތުރަށް ބޭނުންވާ ފައިސާ ކަމަށެވެ. މެލޭޝިއާ އަކީ އާސަންދަ ލިބޭ ގައުމަކަށް ނުވާކަމަށާއި ޔުމްނުގެ އިތުރު ފަރުވާއަށް ލަންކާ ނުވަތަ އިންޑިއާއަށް ދާން ހުށަހެޅި ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް، މެލޭޝިއާއަކީ ޔުމްނުގެ އާއިލާއިން އޭނަގެ ފަރުވާއަށް ދާން ބޭނުންވި ގައުމުކަން ސަރުކާރުން ހިއްސާކުރި މެސެޖުގައި ވަނީ ފާހަގަކޮށްފައެވެ. ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާތީ މިއަދު ވަނީ ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ހޯދާފައިވާ ފައިސާގެ އަދަދަކީ: 565,501.21 ރުފިޔާ 11,015.95 ޑޮލަރު މުޅި ޖުމުލަ: 735,367.16 ޝެހޭ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ