އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ވިދާޅުވެ، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން ދޮގުކޮށްފި އެވެ.
ފައްޔާޒް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަތުން ފާހަގަކުރުމަށާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ހުރަސް އަޅާތީ ތަނެއް ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެ ހާލަތުގައި ހޯމަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ދިއުމަށް ފައްޔާޒު “އެކްސް” ގައި ދައުވަތު ދެއްވިއެވެ.
މި ކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށެވެ.
އަދި ކުރިން ހުއްދަ ނެގުމަކާނުލައި، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދުގައި އެކަނި ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުން ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
“އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް،” ހީނާ ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައިވާގޮތުން މިތަންތަނުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދެވޭނީ ދިވެހި ފުލުހުންގެ ޚިދުމަތުން ލިއުމުން ދޭ ހުއްދައާއެކުއެވެ.
ޓަވަރުތަކުގައި ބާކީ އޮތީ ޔޫޓިލިޓީ ކަނެކްޝަންތަކުގެ މަސައްކަތް ފުރިހަމަކުރުން- ހަމްދާން ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ފެންވަރާ މެދު ހިތްހަމަޖެހޭ: މުއްތަލިބު އެފްޑީސީގެ 4000 ފްލެޓުގެ މަސައްކަތް ނިންމާ ޖުލައިމަހު ޙަވާލުކުރަން ފަށަނީ ބޭސް ލިބުމުގައި އޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ