އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ކަމަށް ބުނެ ސްކޭމްތަކެއް ހިންގަނީ، ސަމާލުވޭ

އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ކަމަށް ބުނެ ސްކޭމްތަކެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ. 'މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު' ކިޔާ ފޭސްބުކް ޕޭޖަކުން ވަނީ އާރްޓީއެލްގެ އެނިވާސަރީއާ ގުޅިގެން ހަ މަހުގެ މުއްދަތަކަށް ހިލޭ 35.58 ރުފިޔާ ދައްކައިގެން ދަތުރުކުރެވޭ ސްމާޓް ޕާސް ކާޑެއް ޕްރޮމޯޓުކޮށްފައެވެ. އަދި، އެ ޕޯސްޓުގައި ލިންކެއް ފޮލޯ ކުރުމަށް ވަނީ އެދިފައެވެ. އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޓީސީސީން ވަނީ އެ ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. https://x.com/MTCCPlc/status/1934849065935847591 އެ ގޮތުން، އެ ކުންފުންޏަށް ރައްޔިތުންނަށް ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައ ހިފާތީ އެކަން ކުށްވެރިކޮށް، އެ ކުންފުނިން ވަނީ އެ ޕޭޖުން ހިންގާ އެއްވެސް ހަރަކާތަކީ އެމްޓީސީސީއާއި ރާއްޖޭގެ ޓްރާންސްޕޯޓު ލިންކާ އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށް ބުނެފައެވެ. އެ ކުންފުނީގެ އައު ޚިދުމަތެއް ނުވަތަ އުފެއްދުމެއް ތައާރަފު ކުރާނަމަ، އެކަން ރަސްމީކޮށް ފެށުމުގެ ކުރިން ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެހެންވެ، އެ ކުންފުނިން ވަނީ އެ ޕޭޖު ރިޕޯޓުކޮށް، ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށާއި އެއްވެސް ލިންކެއް ބޭނުންނުކުރުމަށް ކަސްޓަމަރުންނަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ. މަކަރާއި ހީލަތް ހޯދައިގެން ފައިސާ މީހުން އެކި އުކުޅުތައް ބޭނުންކުރެއެވެ. އެ ގޮތުން، މި ފަހުން ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ވެސް ސްކޭމްތައް އަންނަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ