ފަނޑިޔަރުންގެ މައްސަލަ ދިރާސާ ކުރާ ކޮމެޓީ ސިއްރުކޮށްފި

ނާޒިލް ފާހަގަކުރެއްވީ މަސާޖު ޕާލަރުގައި ޑރ. އިސްމާއިލް ލަތީފް އޮތް އޮތުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ކަންކަމާއި އޭނާ ބަންދުން ދޫކޮށްލަން ނިންމާފައިވާ ސަބަބުތަކާ ފުށުއަރާ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މިހާރު ކުރިއަށްދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައި ވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުން ފުރަތަމަ ގެންދިޔައީ ހުޅުވާލައިގެންނެވެ. ނަމަވެސް ކޮމެޓީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ފާހަގަ ކުރެއްވުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފަ އެވެ.ނާޒިލް ފާހަގަކުރެއްވީ މަސާޖު ޕާލަރުގައި ޑރ. އިސްމާއިލް ލަތީފް އޮތް އޮތުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ކަންކަމާއި އޭނާ ބަންދުން ދޫކޮށްލަން ނިންމާފައިވާ ސަބަބުތަކާ ފުށުއަރާ މައްސަލައެކެވެ. ނަމަވެސް އެއީ ހުޅުވާލައިގެން ކުރިއަށް ގެންދާ ބައްދަލުވުމެއްގައި ދައްކައިގެން ނުވާނެ ވާހަކަތަކެއް ކަމަށާއި، އެހެންކަމުން ކޮމެޓީ ސިއްރު ކުރަން ހުޅުދޫ ދާއިރާ މުހައްމަދު ޝާހިދު ވަނީ ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ އަޝްރަފް ރަޝީދު ތާއީދު ކުރެއްވި އެވެ.
އެ ހުށަހެޅުން ފާސްވެފައި ވަނީ ކޮމެޓީއަށް ހާޒިރުވެ ތިއްބެވި ފަސް މެންބަރުންގެ ވޯޓުންނެވެ. ކޮމެޓީ ސިއްރުކުރަން ނިންމުމުން އެމްޑީޕީ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ސިއްރު ކޮށްގެން ކުރިއަށް ގެންދާނަމަ ބައްދަލުވުމުގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ސިއްރުކުރަން ފާސްކުރުމުން އެމްޑީޕީގެ ދެ މެންބަރުން ވަނީ ބައްދަލުވުން ދޫކޮށް ބޭރަށް ވެސް ވަޑައިގެންފަ އެވެ،ބައްދަލުވުން ސިއްރުކުރިއިރު، ރިޕޯޓް ރަގަޅު ކަމަށް ފެންނާތީ މައްސަލަ ނިންމުމަށް ވީހާ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ހޮޅުދޫ ދާއިރާ އަބްދުއްސައްތާރު މުހައްމަދު އޮތީ މިއަދުގެ ބައްދަލުވުމުގައި ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ އަޝްރަފް ރަޝީދު ތާއީދު ކުރެއްވި ނަމަވެސް ވޯޓަށް އަހާފައެއް ނުވެ އެވެ. އޭގެ ކުރިން ވަނީ ކޮމެޓީ ސިއްރުކޮށްފަ އެވެ.އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އަޒްމިރަލްދާ ކޮމެޓީއަށް ހާޒިރު ނުކުރަން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ވެސް އެމްޑީޕީ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ