ރާއްޖޭގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، ފަނޑިޔާރުން ބަދަލުކުރުމުގެ ވިސްނުން ހުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފަ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ދެ ފަނޑިޔާރުން ވަކިކުރިގޮތާ މެދު، ޝަރުއީ ދާއިރާ އާއި އާއްމުންގެ ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ.
ތަފްސީލު- މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް އަރާވަޑައިގަތުމަކީ ވަރަށް ބޮޑު ދެރަ އެކެވެ.
"ރައީސް ބޭނުންވާ ވާއިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރި ގޮތެއް ނޫން. އެކަމަކު މި ގާނޫނު އަސާސީ ބައްޓަންކޮށްފައި މިވަނީ އުއްމީދު ކުރި ގޮތާ ހިލާފަށް،" ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން، ޖޭއެސްސީގައި ވެސް ކުރިން އިންނެވި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެކަން ސިފަ ކުރެއްވީ 'ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް'ގެ ގޮތުގަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި:
2008ގައި އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު އާ ސުޕްރީމްކޯޓު އެކުލަވާލަން ޖެހުނު
އެއަށް ފަހު، 2013 އާއި 2018 އަދި 2023ގެ އިންތިހާބުތަކަށް ފަހުގައި، ކޮންމެ ވެރިކަމަކުން ވެސް ވަނީ ފަނޑިޔާރުން ބަދަލުކޮށްފައި
"އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން ނުވާނެ ގޮތަކަށް ނިޒާމް ބަދަލު ކުރަން ޖެހޭ،' ނަޝީދު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ