ބޭރު ފައިސާގެ ބޭނުން ކުރެވޭ ރިޒާވަށް މިދިޔަ މަހުގެ އިތުރުވީ އެއް މިލިއަން ޑޮލަރުކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މާޗު މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 170 މިލިއަން އެމެރިކާ ޑޮލަރެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަސް ނިމިގެން ދިޔައިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 171 ޑޮލަރެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް އެޕްރީލް މަހު 856 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 791 މިލިއަން ޑޮލަރެވެ.
ބޭނުންކުރެވޭ ރިޒާވު އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް މިއީ މިދިޔަ އަހަރުގެ ފަހުކޮޅާ އަޅާކިޔާއިރު ރަނގަޅު އަދަދުތަކެކެވެ. އަހަރުގެ ކުރީކޮޅަކީ އާންމުކޮށް ދައުލަތުގެ ރިޒާވު ރަނގަޅުވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވު ހުރީ 100 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.
ބޭނުންކުރެވޭ ރިޒާވު ރަނގަޅުވާނެ ފެށީ މިދިޔަ އަހަރު އިންޑިއާއިން ދިން ކަރަންސީ ސްވޮޕުން ފައިސާ ލިބުމުންނެވެ. މީގެ ތެރެއިން 148 މިލިއަން ޑޮލަރު މިހާރު ވެސް ހުރީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓުކޮށްފަ އެވެ. އެމްއެމްއޭ އިން މި 148 މިލިއަން ރަސްމީ ރިޒާވުގެ ތެރެއަކު ނުގުނަ އެވެ. ރާއްޖެއިން މީގެ ކުރިން ނަގާ ކަރަންސީ ސްވޮޕުތަކުން ލިބޭ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކުތަކުގަ އެވެ.
މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗާއި މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިން ދަށް ކުރި އެވެ. ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެޖެންސީތަކުން ދެއްކީ ބޭރުގެ ދަރަނި ދެއްކުމުގައި ހުރި ދަތިތަކެވެ.
ސަރުކާރުން އެ ދަތިތައް ނެތް ކަމަށް ބުނަމުންދިޔަ ނަމަވެސް، އިންޑިއާ ސަރުކާރު މެދުވެރިވެގެން، ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލަށް ފައިސާ ދެއްކުން އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ ފަސްކޮށްދީފަ އެވެ. މިއީ މި ޕޭމަންޓު ފަސްކޮށްދިން ދެވަނަ ފަހަރެވެ.
ބޭނުންކުރެވޭ ރިޒާވަށް އޭޕްރީލް މަހު އިތުރުވީ އެންމެ މިލިއަނެއް ބޭނުންކުރެވޭ ރިޒާވަށް އޭޕްރީލް މަހު އިތުރުވީ އެންމެ މިލިއަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ