ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ހާލިދު އެހެން ވިދާޅުވީ މި މަހު 10ގައި އުރީދޫގެ މައި އޮފީހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ހާލިދު ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އުރީދޫން އަބަދު ވެސް އިންވެސްޓްކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
"ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމަށާއި އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފްކުރުމާއި އައިއޯޓީގެ ގާބިލްކަން ފުޅާކޮށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ،" ހާލިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް އެކްސެސްގެ ސަބަބުން އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުން."
އެނގުން މުހިންމު - އުރީދޫ އަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެވެ. އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އެޑްވާންސް ޑިޖިޓަލް ހިދުމަތްތައް ތައާރަފް ކުރަމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.
ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނަން: ސީއީއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ