އެމްއައިބީގެ ބިޒްނަސް ސެންޓަރުން ފަހު 10ގައި ވެސް ހިދުމަތް ދޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބިޒްނަސް ސެންޓަރުން ރޯދަ މަހުގެ ފަހު 10ގައި ވެސް ހިދުމަތް ފޯރުކޮށްދޭނެކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.
ތަފްސީލް - އެމްއައިބީން މިއަދު ހާމަކުރި ގޮތުގައި އެ ބޭންކުގެ ހެޑް އޮފީހުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެގޮތުން: 
އެގޮތުން އެ ސެންޓަރުން ހިދުތަމް ދޭނީ ހެނދުނު 11:30 އިން މެންދުރުފަހު 2އަށް 
ނަމަވެސް ރޯދައިގެ 20، 27 އަދި 29 ވަނަ ދުވަހު ބޭންކުގެ ހިދުމަތް ހެނދުނު 9:30 އިން މެންދުރުފަހު 2 އަށް ދޭން ވަނީ ނިންމާފައި 
ފާހަގަކޮށްލެވޭ - އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކަށް ގިނަ ހިދުމަތްތަކެއް މިހާރު ވެސް ލިބެ އެވެ. މީގެ ތެރޭގައި:
ބަލްކް ޓްރާންސްފާ މެދުވެރިކޮށް މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ ހިދުމަތް 
މުސާރަ ކޯޑުގައި މުސާރަ ޖަމާކުރުމަށް އިތުރު ލިޔެކިޔުމެއް ބޭންކަށް ހުށަހަޅަން ނުޖެހޭނެ 
އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ހެދުމާއި ފައިސާ މޮބައިލް އެކްސް މެދުވެރިކޮށް ޓްރާންސެކްޝަން އެޕްރޫވްކުރުމުގެ ހިދުމަތް ވެސް ލިބޭނެ
މީގެ އިތުރަށް އެމްއައިބީގެ "އުޖާލާ ދިރިއުޅުން ފެސިލިޓީ" ގެ ހިދުމަތް ވެސް މި މުއްދަތުގައި މެދުނުކެނޑި ލިބޭނޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. 
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް-ފްލެޖްޑް އިސްލާމިކް ބޭންކެވެ. އަދި ބޭންކިން ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭން ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކީ ވެސް އެމްއައިބީ އެވެ. މި ބޭންކުގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން ހިދުމަތްތަކަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ރައްކާތެރި ހިދުމަތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ