ފަހު 10ގައި މާލެ ސަރަހައްދުން ޕާސްޕޯޓް ދޫކުރާނެ، އަތޮޅުތެރެއިން ދޫކުރާނީ ބައެއް ދުވަސްތަކުގައި

މި ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދު ނަމަވެސް، އިމިގްރޭޝަނުން ޕާސްޕޯޓާ ގުޅުންހުރި ޚިދުމަތްތައް ދޭނެކަން މިއަދު އިއުލާންކޮށްފިއެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށެެވެ. އެހެންނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި އެހެނިހެން ޚާއްސަ ހާލަތްތައް ދިމާވެފައިވާ މީހުންނަށް، އިމިގްރޭޝަންގެ މާލެ އޮފީހަށް ހާޒިރުވެގެންވެސް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އެ ޚިދުމަތް ލިބޭނީ ހެނދުނު 9:15 އިން މެންދުރު 13:00އަށެވެ. މާލެ ސަރަހައްދުގައި ކިއުބީ މެދުވެރިކޮށް ޕާސްޕޯޓު ހަވާލުކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:15އިން 12:00 އަށްކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލެ އޮފީހުން ނަންބަރު ދޫކުރާނީ 9:00އިން 14:00އަށެވެ. އިމިގްރޭޝަނުން ބުނީ އަތޮޅުތެރޭގެ އޮފީސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެދުނު 10:00 އިން 12:00 އަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކަކީ: ހއ.ދިއްދޫ: 24، 27 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ: 23، 25، 27، 30 ވަނަ ދުވަހު ފުވައްމުލަކު ސިޓީ: 24، 25 ވަނަ ދުވަހު އައްޑޫ ސިޓީ: 23، 25، 27، 30 ވަނަ ދުވަހު ހއ.އިހަވަންދޫ: 27 ވަނަ ދުވަހު ށ. ފުނަދޫ: 25 ވަނަ ދުވަހު ދ. ކުޑަހުވަދޫ: 24 ވަނަ ދުވަހު ލ. ފޮނަދޫ: 25، 27 ވަނަ ދުވަހު ތިނަދޫ ސިޓީ: 25، 27، 30 ވަނަ ދުވަހު ރ. އުނގޫފާރު: 27 ވަނަ ދުވަހު ކުއްލި ހާލަތްތެއް މެދުވެރިވެގެން ދަތުރުކުރަން ޖެހޭ މީހުންނަށް ޕާސްޕޯޓު ޚިދުމަތަށް އެދި 9555333 ނަންބަރަށް ގުޅޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަަނުން ބުނީ ވިސާއަށް އެދި އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 9:00 އިން ހަވީރު 17:00 އަށް ހުށަހެޅޭނެކަމަށެވެ. ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅޭނީ 9:05 އިން 10:45 އަށެވެ. މީގެ އިތުރުން، ވޯކް ވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓުތައް ދޫކުރާނީ ހެނދުނު 11:00 އިން 12:30 އަށް ކަމަށާއި އެ ޚިދުމަތް ދޭނީ "އޭންޓްކިއު" މެދުވެރިކޮށް 9:05 އިން 10:45 އަށް ދޫކުރާ ޓޯކަންތަކަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން ބުނީ، އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓު ބަލައިގަތުމާއި ވިސާ ޖަހައިދިނުން ކުރިއަށްދާނީ 9:00 އިން 17:00 އަށްކަމަށެވެ. އަދި އެޕޮއިންޓްމެންޓް އުސޫލުން ހަމަޖައްސައިދެނީ 9:00 އިން 12:00 އަށް ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާގެ ޚިދުމަތްތައް ދެނީ 20، 23، 25، އަދި 27 ގައި ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ބުނީ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގައި 9:00 އިން 13:00 އަށްކަމަށެވެ. އަދި ސީޕޯޓުގެ ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ 8:00 އިން 17:00 އަށް އަދި 21:30 އިން 00:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ ޚިދުމަތް ހުކުރު ދުވަހު ލިބޭނީ 14:30އިން 17:00އަށްކަމަށާއި ރޭގަނޑު 21:00އިން 00:00އަށް އެ ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ