މެލޭޝިޔާއިން ރާއްޖެއަށް އައި ބައެއްގެ އަތުން 2000 އަށްވުރެ ގިނަ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މެލޭޝިޔާއިން އިއްޔެ އައި ތިން ފަސިންޖަރެއްގެ ލަގެޖުގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
އެގޮތުން އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 1714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 96 ކެލިބާން ކާޓްރިޖް، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވަރ ފުޅި ހިމެނެއެވެ.
Advertisement
އަދި ކަސްޓަމުން އެ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން ދާކަމަށް ވެސް ބުނެފައިވެއެވެ.
މި ރޯދަމަހުވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 400 ވޭޕް ކަސްޓަމްއިން ވަނީ އަތުލައިގެންފައެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ ތަކެތި އެތެރެކުރަން އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް ސާމާނު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ