އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ ހަރަކާތްތައް އިތުރަށް އެގޮތަށް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްއަށް އިލެކްޝަނުން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ "ފްލެޓްގެ ހައްގު ހޯދުމަށް އަޑުއުފުލުން" ނަމުގައި މިހާރު އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ފުލުހުން އެ ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މީޑިއާތައް މެދުވެރިކޮށް އިލެކްޝަނަށް ލިބުނު މައުލޫމާތުގެ އަލީގައި، އެމްޑީޕީގެ މުޒާހަރާތަކުގައި އާންމު ދަތުރުފަތުރާއި އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް އަދި އެއްވެ އުޅުމުގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޝުއޫރު ފާޅު ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ފަދަ ކަންކަން ހިނގާކަން ފާހަގަ ކުރެވިފައިވާ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ
އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ހިނގާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަނުގެ ސިޓީގައި ބުންޏެވެ.
"ތިޔަ ޕާޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގައި ނަސޭހަތްތެރިވަމެވެ، އަދި މިފަދަ ކަންތައްތައް އިތުރަށް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" އީސީގެ ސިޓީގައި ބުންޏެވެ.
އިލެކްޝާނުގެ ސިޓީގައި އިތުރަށް ބުނީ އެހެން ގާނޫނުތަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބާއްވައިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.
އަދި ސިޔާސީ ޕާޓީއަކުން އެއްވެސް ތަނެއްގައި އާންމު ބައްދަުވުމެއް ބާއްވާ ނަމަ އާންމު ބައްދަލުވުން ބާއްވާ ތަނަކާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެ ބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަކަމަށް އެ ސިޓީގައި ބުންޏެވެ.
މާލޭގައި މުޒާހަރާ ކުރާތީ އިލެކްޝަންސް އިން އެމްޑީޕީއަށް އިންޒާރު ދީފި މާލޭގައި މުޒާހަރާ ކުރާތީ އިލެކްޝަންސް އިން އެމްޑީޕީއަށް އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ