ޣީބަ ބުނުން ޙަރާމެވެ! ނަމަވެސް ހުއްދަވާ 5 ޙާލަތެއް އެބައޮތެވެ!

ޣީބަ ބުނުމަކީ މީހަކަސް ކުރެވޭނެ އެންމެ ބޭތި ފާފަތަކުގެ ތެރެއިން ހިމެނޭ އަދި އެކަމުން ލިބޭ ގެއްލުން އިންްތިހާއަށް ބޮޑުވެގެންދާ ފާފައެކެވެ. އެހެންކަމާއިއެކުވެސް ޣީބަބުނުން ހުއްދަވާ 5 ޙާލަތެއް އެބައޮތެވެ. 
އެ 5 ޙާލަތު: 
1.    ގާޟީ އެއްގެ ކައިރީގައި އަނިޔާވެރި މީހެއްގެ އަނިޔާވެރިކަމުގެ ހެކިބަސް ދިނުން. ނުވަތަ އަނިޔާ ލިބުނުމީހާ އަނިޔާވެރިޔާގެ އަނިޔާވެރިކަމުގެ ވާހަކަ އެހެންމީހުން ގެ ޢިބްރަތަށް ޓަކައި ދެއްކުން. 
2.    މުންކަރާތެއް މަނާ ކުރުމުގެ ގޮތުން މީހެއްގެ ވާހަކަ ދެއްކުން. މީހެއްގެ ކިބައިން ނުބައިކަމެއްފެނި، އެހެންމީހެއްގެ އެހީތެރިކަންނެތި އެކަން މަނާ ނުކުރެވޭނެ ކަމަށް ވަނީ ނަމަ އެވާހަކަދެއްކުން.  
3.    މީހެއްގެ ނުބައިކަމުން މީހުން ރައްކާތެރި ކުރުމަށްޓަކައި އެވާހަކަ ދެއްކުން. 
4.    ފާޅުގައި ނުބައިކަންތައް ކުރާ މީހުންގެ ނުބައިވާހަކަ ދެއްކުން. 
5.    މީހެއްގެ އަިއިޑެންޓިޓީ ބަޔާންކޮށްދިނުމުގެ ގޮތުން. މިޘާލަކަށް "މުޙައްމަދު" ކިޔާ ބައިވަރު މީހުންތިބެ، ވަކި މުޙައްމަދެއް ބަޔާން ކޮށް ދިނުމުގެ ގޮތުން އެމީހެއްގެ ކިބާގައި ހުރި ފާހަގަ ކުރެވޭ ޞިފައެއްގެ ވާހަކަ ބުނުން. والله أعلم
 
 -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ