ރާއްޖޭން ކުވެއިތުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައެޅި ސަރީރަކީ، ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
ރާއްޖޭން ކުވެއިތަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު އަހުމަދު ސަރީރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ކުވެއިތުގެ ހާރިޖީ ވަޒީރު އަބްދުالله އަލީ އަބްދުﷲ އަލް ޔަހްޔާ އަށް މިއަދު އަރުވައިފި އެވެ.
ރާއްޖޭން ކުވެއިތުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ކަނޑައެޅި ސަރީރަކީ، ރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ސަރީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ވެރިންނަށާއި، ކުވެއިތު ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
އަދި ރާއްޖެ އާއި ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވައި، ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް ކުވެއިތުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ރާއްޖެ އާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ.
ކުވެއިތުގެ ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އާ ދައުރު ފެއްޓެވުމާ ގުޅިގެން ސަރީރަށް މަރުހަބާ ވިދާޅުވި އެވެ. އަދި ރާއްޖޭން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުވެއިތަށް ކަނޑައެޅި ނޮން-ރެޒިޑެންޓު ސަފީރު ސަރީރު، ފަތްކޮޅު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ