ގަވާއިދާ ހިލާފަށް މަޖީދީ މަގުގައި ޕާރކް ކޮށްފައިވާ 74 އުޅަނދު ޓޯ ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރު މަޖީދީ މަގު މަރާމާތު ކުރި ފަހުން އެ މަގުގެ ދެ ފަރާތުގައި ޕާރކް ކުރުމަކީ މަނާ ކަމައްކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް މަޖީދީ މަގުގައި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކުރަމުންދާތީ ފުލުހުން ވަނީ އެހެން ހުންނަ އުޅަނދުފަހަރު ޓޯ ކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގައި ފަށައިފައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން މިހާތަނަށް ވަނީ ދެ ފުރޮޅުލީ 69 އުޅަނދާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ޓޯ ކޮށްފައިވާކަމަށާއި މި އުޅަނދުތަށް އޭގެ ވެރިފަރާތްތަކަށް ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާރކްކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގައި މިފަދައިން ގަވާއިދާ ހިލާފަށް ޕާރކް ކުރުމުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ވަނީ ގަވާއިދާއި އެއްގޮތަށް ޕާރކް ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މަޖީދީ މަގުގައި ޕާރކް ކުރުމުގެ ސަބަބުން 74 އުޅަނދު ޓޯ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ