މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް މަރުގެ އަދަބު ދޭން ހުށަހަޅަނީ

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަން ސާބިތުވާ މީހުނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމަށް ޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް، ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅީ މިދިޔަ ޑިސެމްބަރުގަ އެވެ. އެކަމަކު މަރުގެ އަދަބު ފަދަ ބޮޑު އަދަބެއް ބިލުގައި ހިމަނާފައެއް ނުވެ އެވެ.
ތަފްސީލް - ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބާއި އެހެނިހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ބިލު އިތުރަށް ދިރާސާކުރަން ދަންނަވާފައިވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ